ކްރިތީ ފިލްމު ކުޅޭ އަގު ކުޑަކޮށްފި

ކްރިތީ ފިލްމު ކުޅޭ އަގު ކުޑަކޮށްފި

Author
ފާތިމަތު ނާވީ
30 ޖޫން 2023 05:48
0

ބޮލީވުޑްގެ އަރަމުން އަންނަ ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނޮން ފިލްމް ކުޅޭ އަގު ކުޑަކޮށްފިއެވެ.

ކްރިތީ އޭނާ ފިލްމް ކުޅޭ އަގު ކުޑަކޮށްފައިވަނީ، އެންމެ ފަހުން ރިލީޒްވި ފިލްމު "އަދިޕުރުޝް" އަށް އަމާޒުވި ފާޑުކިޔުންތަކާއި ފިލްމް އަށް ލިބުން ނާކާމިޔާބީ އާއި އެކުގައި ކަމަށް ވެއެވެ.

"އަދިޕުރުޝް" އަކީ ވަރަށް އުންމީދީ ފިލްމްއެއްގެ ގޮތުގައި ބެލުންތެރިން އިންތިޒާރު ކުރަމުން ގެންދިއަ ފިލްމްއެކެވެ. ފިލްމްގެ މުހިންމު ރޯލުތަކުން ކްރިތީ އާއި ސައުތުގެ މަޝްހޫރު އެކްޓަރ ޕްރަބާސް އަދި ސައިފް އަލި ހާން ވަނީ ފެނިގެން ގޮސްފައިއެވެ.

ބޮޑު ބަޖެޓަކުން ހެދި "އާދިޕުރުޝް" ގިނަ ބަޔަކަށް ކަމުނުދިޔަ ގިނަ ސަބަބު ތަކެއް ވެއެވެ. އޭގެތެރޭގައި ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކައެއް ކަމަށްވާ ރާމާޔަން އަށް ބިނާކޮށް ހެދި ފިލްމަކަށް ވިޔަސް، އެއަށް ކުޑައިމީސްވާ ގޮތަށް ފިލްމް އޮތުމާއި ފިލްމްގެ ކޮލެޓީ ނެތުން ހިމެނެއެވެ.

 

View this post on Instagram

 

A post shared by Kriti (@kritisanon)

 

ކްރިތީ އާންމުކޮށް ފިލްމެއް ކުޅެދެނީ 4 ކްރޯޑް ރުޕީސްއަށެވެ. ނަމަވެސް މިހާރު އަގު ކުޑަކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ކްރިތީ، 32، އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ. މި އަހަރު ރިލީޒްވި އޭނަގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން "ޝެހެޒާދާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.