ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމަށްބުނެ ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނުނެރޭ!

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމަށްބުނެ ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނުނެރޭ!

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2023 11:15
0

ޓެރަރިޒަމްގެ ނުރައްކާ އޮތުމުން ރާއްޖެ ހިމެނޭހެން، މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ޓްރެވެލް އެޑްވައިޒަރީ ނެރެފައިވާކަމަށް ބުނެ ދެކެވޭ ވާހަތައް ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ދޮގު ކުރައްވައިފިއެވެ.

ޓެރަރިޒަމްގެ ނުރައްކަލުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިނގިރޭސި ސަރުކާރުން އެންގިކަމަށް ބުނާ ވާހަކަތައް އިނގިރޭސި ސަރުކާރުންވެސް ވަނީ ދޮގުކޮށްފައެވެ.

ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ ވިދާޅުވީ ޓެރަރިޒަމާއި ގުޅޭގޮތުން އެޤައުމުން ނެރުނު ޓެރަވަލް އެޑްވައިޒަރީއަކީ ބައިނަލްއަޤްވާމީ ގޮތުން ނެރުނު އެޑްވައިޒަރީއެއްކަމަށެވެ. އަދި ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެގެން، ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި، އެޑްވައިޒަރީޢެއް ނެރެފައިނުވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ދަތުރުކުރުމާ ގުޅޭގޮތުން އެންމެ ފުރަތަމަ އެޑްވައިޒަރީ ނެރުނީ އިނގިރޭސިވިލާތުގެ ސަރުކާރުން، މިދިޔަ ބުރާސްފަތި ދުވަހުއެވެ. ގްލޯބަލް ޓެރަރިޒަމްގެ ނުރައްކާ އޮތުމުން ރާއްޖޭގެ އިތުރުން އިންޑިއާ އަދި ސްރީ ލަންކާ އަށް ވެސް އެ ދުވަހު އެޑްވައިޒަރީ ނެރުނެވެ.

އެކަމުގެ ނުރައްކަލާ ހެދި އޭގެ އެއް ދުވަސް ފަހުން އެމެރިކާ ސަރުކާރުން ވެސް ވަނީ ރާއްޖެ އަށް ދަތުރުކުރުމުގެ ލެވެލް މަތިކޮށްފައެވެ. އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީސް ވެބްސައިޓުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެ އާއި އިންޑިއާ އަދި ލަންކާއަށް ދަތުރުކުރުމަށް ނެރެފައިވާ އެލާޓް، ލެވެލް 2 އަށް އަރައިފައެވެ. އެއީ އިތުރަށް ރައްކާތެރިވުމަށް ނެރުނު ލެވެލްއެވެ.

އެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް ހަތަރު ލެވެލްއެއްގެ އެލާޓް ނެރެއެވެ. އެއީ، ދަތުރުކުރުމަށް ރައްކާތެރި ގައުމުތަކަށް ނެރޭ ލެވެލް 1 ގެ އެލާޓް އަދި އިތުރަށް ސަމާލުކަން ދޭންޖެހޭ ގައުމުތަކަށް ނެރޭ ލެވެލް 2، އެ ގައުމަކަށް ދަތުރުކުރުމާ މެދު އަލުން ވިސްނާލަންޖެހޭ ލެވެލް 3 ގެ އެލާޓް އަދި ދަތުރުކުރުން މަނާކަން އަންގައިދޭ ހަތަރު ވަނަ ލެވެލްއެވެ.

އިނގިރޭސި ސަފީރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ޓްރެވަލް އެޑްވައިޒަރީއާ ގުޅޭ ހަބަރުތައް ރާއްްޖޭގެ މީޑިއާތަކުން ގެނެސްދީފައިވަނީ ހަޤީޤަތާއި ޚިލާފު މައުލޫމާތުތާއެކުކަމަށެވެ.

ޓްރެވަލް އެޑްވައިޒަރީތަކަކީ ސަރުކާރުތަކުން އެ ޤައުމުތަކުގެ ރައްޔިތުން އެކި ޤައުމުތަކަށް ދަތުރުކުރާއިރު ރައްކާތެރިވުމުގެ ގޮތުން ސަމާލުވާން އަންގާ އެންގުންތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.