މޯހިތު ވެސް ބޮލީވުޑަށް

މޯހިތު ވެސް ބޮލީވުޑަށް

Author
ފާތިމަތު ނާވީ
29 ޖޫން 2023 06:27
0

ޓީވީ ޑްރާމާ ސިލްސިލާ ތަކުން ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ އެކްޓަރު މޯހިތު މާލިކަށް ވެސް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

ޑްރާމާ ސިލްސިލާ ތަކުން އެކްޓިންގެ ދާއިރާ އަށް ނުކުތުމަށްފަހު ބޮލީވުޑްއަށް ތާރަފްވެ، ބޮލީވުޑްގައި ފައިތިލް ސާބިތު ކުރަމުން އަންނަ ގިން ތަރިންތަކެއް މިހާރުވެސް ބޮލީވުޑްގައި އެބަތިއްބެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކަލާސް ޓީވީގެ ރިއަލިޓީ ޝޯވ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަންގައި މިދިޔަ އަހަރު ވާދަކޮށް ތިން ވަނަ ހޯދި އެކްޓަރަށް ފުރުސަތު ލިބިފައި ވަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އާ ފިލްމުންނެވެ. ނަމަވެސް އަދި ރަސްމީކޮން އެކަން އިއުލާނެއް ނުކުރެއެވެ.

މި ފިލްމަކީ އެކްޝަން އެޑްވެންޗާއެކެވެ. ފިލްމްގެ ހާއްސަ ކަމަކީ މި ފިލްމް އަކީ ބޮލީވުޑްއަށް އިތުރު ދެ ސްޓާކިޑްއަކު ތައާރަފްވާ ފިލްމް އަކަށް ވުމެވެ. އެގޮތުން ކުރީގެ މަޝްހޫރު ބަތަލާ އަދި މިހާރުވެސް މަދު މަދުން ބޮޑު ސްކްރީން އިން ފެންނަ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ އާއި އަޖޭ ދޭވްގަނަށް ބޮޑުބޭބެ ކިޔާ އަމަން ދޭވްގަން ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމު ވެސް މެ އެވެ. އަދި ހަމަ އެއާއި އެކުގައި ފިލްމް ގެ ކާސްޓުގައި  އަޖޭ އާއި ޑަޔާނާ ޕެންޓީ ވެސް ހިމެނޭ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

 

View this post on Instagram

 

A post shared by Mohit Malik (@mohitmalik1113)

"ކުލްފީ ކުމާރު ބަޖޭވާލާ" އާއި "ޑޯލީ އަރުމާން ކީ" ފަދަ ޑްރާމާ ސިލްސިލާ ތަކުން މަގުބޫލުކަން ހޯދި 39 އަހަރުގެ އެކްޓަރު އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސްޓާ ޕްލަސް އިން 2020-2021 އަށް ގެނެސްދިން "ލޮކްޑައުން ކީ ލަވްސްޓޯރީ" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.