މާލެއިން ގޯތި ދިނުމަށް ސަރުކާރުން ނިންމައި އިއުލާން ކުރި ލިސްޓުގައި ނަން އޮތް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް ހޫނު ރައްދެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒުނާގެ ކޮއްކޮ ނަޒީހާ އަހްމަދަށް ދެއްވައިފިއެވެ.
ސަރުކާރުން ޢާންމުކުރި ލިސްޓުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގަިއ މަސައްކަތް ކުރައްވާ ހަސަންއަށް ވަނީ ގޯތިލިބިފައެވެ. މިކަމާއި ގުޅިގެން ނަޒީހާ ވަނީ މަލާމާތުގެ ރާގަކަށް ގޯތި ލުބުނު ޑިމޮކްރެޓްސް މެމްބަރުންގެ ލިސްޓާއިއެކު ޓުވީޓް ކުރައްވައި އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށްބުނެފައެވެ.
ނަޒީހާގެ ޓްވީޓާގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސައިފް ފާތިހު (އައިކޮ) އަށް ރައްދު ދެމުން ބުނީ ބައިލައްކަ އިން އޭނާ އަށް މަހު މުސާރަ ނުލިބޭ ކަމަށެވެ. މުސާރަ އަކީ ކިހާވަރެއްކަން ހާމަނުކޮށް ނަޒީހާ ބުނީ ގޯތި ލިބުނު މީހުންނަށްޓަކައި އުފާކުރާ ކަމަށެވެ.
އިބޫ އާއި ފަޒޫގެ ތަރިކަ މުދަލެކޭ ނުބުނަން. އެކަމަކު ހަތަރު ރައީސުން އަރައި ފޭބިއިރު އައިކޮއަށް ބިންކޮޅެއް ދިނީ އިބޫ. ނަޒީހާ ބުންޏެވެ.
ނަޒީހާގެ ވާހަކަތަކަށް ރައްދު ދެއްވައި ހަސަން ވިދާޅުވީ އެއްވެސް އިރަކު އެއްވެސް މީހެއްކައިރީގައި ގޯއްޗާއި، ފްލެޓަށް ފޯމު ނުލާން ބުނެފައި ނޯންނާނެކަމަށެވެ. ކިތަންމެ މަލާމާތެއް ކުރިނަމަވެސް ނަޒީހާގެ ޅިޔަނު ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ހަސަން ވިދާޅުވިއެވެ.
ނަޒީހާ! ނޯންނާނެ ފޯމު ނުލާން ބުނެފައެއް. މުޅީންވެސް ބުނެފަ ހުންނާނީ އަދި ބާރުއަޅާފަވެސް ހުންނާނީ ވީހާވެސް ގިނަ މީހުން ފޯމު ހުށަހަޅަން. ކިތަންމެ މަލާމާތެއް ކުރިޔަސް ނަޒީހާގެ ޅިޔަނަށް ދެވަނަދައުރު ހޯދާދޭށޭ ކިޔާފަ އޭނާގެ ފައިބުޑަށް ވެއްޓިގަނެގެން ފްލެޓާ ގޯތި ހޯދާކަށް ނުދާނަން.
– ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ނަޒީހާގެ މުދާވެރިކަން އޮތަސް އެހެން މީހުންނާއި އެގޮތަށް ދިމާކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިހާރުވެސް މިފްކޯއިން ބޮޑު މުސާރަ ނަގައިގެން ހުންނެވިކަމީ ބަޔަކަށް ނޭނގޭ ކަމެއް ނޫންކަމަށް ހަސަން ވިދާޅުވިއެވެ.
ނަޒީހާގެ މުދާވެރިކަން އޮތަސް ތިޔަ ޒާތަށް މަލާމާތްކުރުމަކީ ވ.ހުތުރު ނުބައި ސިފައެއް. ރިޒޯޓުފަހަރާ މާލޭގައި އެތައް ހާސް އަކަފޫޓުގެ ބިމާ ގެދޮރާ އަދި އެތައް މިިލިއަން ޑޮލަރެއްގެ ވިޔަފާރި އޮތަސް ނުފުދިގެން ޅިޔަނު ލައްވާ MIFCOގެGM ކިޔައިގެން-/50000އަށްވުރެ ބޮޑުމުސާރަ ތިޔަ ނަގަނީ.
– ހަސަން ވިދާޅުވިއެވެ.
ސަރުކާރުން އާންމު ކުރި އެލިސްޓުގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްއެމްޕިއާރުސީގެ ހިޔާނާތުގައި ޝާމިލުވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ