"ނީނާ" ގެ އާ ޕޯސްޓަރެއް ދައްކާލައިފި

"ނީނާ" ގެ އާ ޕޯސްޓަރެއް ދައްކާލައިފި

އަންނަ އޮގަސްޓް މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ނީނާ" ގެ އައު ޕޯސްޓަރެއް އާންމުކޮށްފި އެވެ.

އާސިމް ޢަލީ އަދި އަޙްމަދު ވަހީދު ޕްރޮޑިއުސްކޮށް، 'އައި ފިލްމްސް' އިން ގެނެސްދޭ ނީނާ އަކީ  2019 ގެ ސައިކޮލިޖިކަލް ތުރިލާ "ބަވަތި" އަށް ފަހު އިއްލެ ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. މިފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ.

 

View this post on Instagram

 

A post shared by I Films (@ifilmsmv)

ނީނާގެ ލީޑުން ފެނިގެން ދާނީ އިއްލެ ގެނެސްދިން ފިލްމް "ބަވަތީ"ގެ ވެސް ލީޑުން ފެނިގެން ދިއަ ހުނަރުވެރި އެކްޓިންއެއް ދެއްކި ނުޒުހަތު ޝުޢައިބް އެވެ. ފިލްމްގެ ކާސްޓުގައި ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޝަރަފް ޢަބްދުﷲ،  ހަމްދޫން ފާރޫގް، ޖުމައްޔިލް ނިމާލް، މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާ ހިމެނެއެވެ.

މީގެ އިތުރުން ވެސް މި ފިލްމް އިން އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، ފީޗާ ފިލްމަކަށް އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *