އުމްޓިޓީ ހޯދަން އެވަޓަނުން މަސަައްކަތް ކުރަނީ

އުމްޓިޓީ ހޯދަން އެވަޓަނުން މަސަައްކަތް ކުރަނީ

Author
އިބްރާހީމް ސާޢިދު
05 ޑިސެމްބަރ 2020 08:32
0

ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި ސެމިއުލް އުމްޓިޓީ އެވަންޓަނަށް ގެންދިއުމަށް އެ ޓީމުގެ ކޯޗް ކާލޯ އެންޗެލޯޓީ މަސައްކަތް ފަށައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުން އެވަޓަންގައި އެންޗެލޯޓީގެ ޕްރޮޖެކްޓަށް އުމްޓިޓީ ވެސް ޝައުގުވެރި ވެއެވެ. މި ވަގުތު އަނިޔާގައި ހުރި އުމްޓިޓީ ދަނީި އަނިޔާއިން ރިކަވާ ވުމަށް މަސައްކަތް ކުރަމުންނެވެ. އުމްޓިޓީގެ ޓްރާންސްފާ އަގަކީ މިވަގުތު އެވަޓަންއަށް އުފުލޭނެ އަގެވެ. ޓްރާންސްފާ މާކެޓްގައި އުމްޓީޓީގެ އަގަކީ 12 މިލިއަން ޔޫރޯ އެވެ.

އަނެއްކާ ފިނި މޫސުމުގެ ޓްރާންސްފާ ކުރިމަތީގައި އޮތް އިރު ފްރާންސްގެ ޑިފެންޑަރު ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ އެވަޓަނުން އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.