ގެމަނަފުށީ މަގުތަކުގައި ތާރުއަޅާ ތަރައްޤީކުރުމަށް އާރް.ޑީ.ސީއާއި ޙަވާލުކޮށްފި

ގެމަނަފުށީ މަގުތަކުގައި ތާރުއަޅާ ތަރައްޤީކުރުމަށް އާރް.ޑީ.ސީއާއި ޙަވާލުކޮށްފި

Author
އަޒްފާ ރަޝީދު
22 ޖޫން 2023 08:03
0

ގއ. ގެމަނަފުށީ މަގުތަކުގައި ތާރުއަޅާ ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާއި ޙަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޙުސައިން ނަދީމެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ގެމަނަފުށީގެ މައިމަގުތައް ހިމެނޭހެން 2.8 ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާ ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުތަކުގައި މަގުބައްތި ޖެހުން މަސައްކަތްވެސް ކުރެވިގެންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ގެމަނަފުށީ މަގު ހެދުމުގެ މަޝްރޫޢު އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 76.1 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.