"ކައުޝި" ގެ ޓްރެއިލާއެއް ދައްކައިލައިފި

"ކައުޝި" ގެ ޓްރެއިލާއެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
23 ޖޫން 2023 02:42
0

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ސިންގަޅަ ފިލްމު ”ކައުޝި“ ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

މަސައްކަތް ނިންމާފައި އޮންނަތާ ހައެއް އަހަރުވެފައިވާ މި ފިލްމު އަންނަ މަހުގެ 19 ގައި ރާއްޖޭގައި ޕްރީމިއާކުރުމަށް އަމާޒު ހިފައިފައިވާ އިރުގައި ސީޒަން ވަނީ އެފިލްމް ރިލީޒް ކުރާ ތާރީހް އާއި އެކުގައި ފިލްމް ގެ ފުރަތަމަ ޕޯސްޓަރުވެސް ދައްކައިލައިފައިއެވެ.

މިދިޔަ މަހު އޮލިމްޕަހުގައި ޕްރީމިއާކުރި "ލޯބިވެވިއްޖެ" ގެ ޑައިރެކްޓަރު/އެކްޓަރުގެ "ކައުޝި" އަކީ ސްރީ ލަންކާގެ ތަރިން ހިމަނައިގެން އެ ގައުމުގައި ޝޫޓްކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ.

މި ފިލްމުގެ ލީޑް ތަރިންނަކީ އަމިލަ ކަރްނަނަޔަކަ އާއި ބިޔަންކާ އަމަރްސިންގްގެ އިތުރުން ރަންޖިކާ ރާޖަޕަކްޝާ އެވެ. މި ފިލްމް ރާއްޖޭގައި ޕްރިމިއާ ކުރަނީ ބަހުން ޑަބްކޮށްގެންނެވެ. ފިލްމް އަޅުވާނީ ޖުލައި މަހުގެ 19 ވަނަ ދުވަހުގައިއެވެ.

 

View this post on Instagram

 

A post shared by Ali Seezan (@seaxanali)

”ކައުޝި“އަކީ އަވަށްޓެރި ލަންކާގެ ފިލްމީ ތަރިން ހިމަނައިގެން އެ ގައުމުގައި ޝޫޓްކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ. މި ފިލްމު ހަދާފައި ވަނީ ރާއްޖޭގެ މަޝްހޫރު މިއުޒިކީ ފަންނާނެއް ކަމަށްވާ އިބްރާހީމް ނިފާރު (ތިއްތި) ގެ ވާހަކައަކަށެވެ. ”ކައުޝި“ ކެމެރާކޮށްފައި ވަނީ ޝިވާޒް (މާސްކޭ)އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.