މިހާރު އޮތް ވެރިކަން ބަދަލު ކުރުމަށްޓަކައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއިއެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމުގައި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުންނާއި މެމްބަރުކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިވުމަކީ އެމްޑީޕީގެ ނިމުންކަމަށެވެ. މީގެ އަހަރެއް ފަހުން އެމްޑީޕީއާއި ހަވާލުވާނީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރަށް ވުމަކީވެސް ގާތް ކަމެއްކަމަށެވެ.
އިއްޔެއަކީ ރައީސް ނަޝީދަށް ހިތްދަތި ދުވަހެއް ނޫން. އުފާވެރި ދުވަހެއް. ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތް އެމްޑީޕީއާއި ހަމައިން ނުނިމޭނެ.
– އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ރައީސް ޞާލިހު ރިޔާސީ އިންތިޚާބު ކާމިޔާބު ވިސްނުމަކީވެސް ގޯހެއްކަމަށެވެ. އެމްޑީޕީ ދެބައިވެ، ސިޔާސީ މަސައްކަތެއް ކުރާނެ ގޮތް ހުސްވަމުންދާއިރު ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އީވާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިވެރިކަން ބަލި ކުރުމަށް ކޯލިޝަން ހަދަންޖެހުނު ކޮންމެ ބަޔަކާއި، ކޮންމެ މީހަކާއި ކޯލިޝަން ހަދާނެކަމަށެވެ. އެއީ ޕީޕީއެމް ޕީއެންސީ ކަމަށްވާނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އެއްވަނަ ބުރު ދެވަނަ ބުރު ކިޔާނެ ކަމެއްނެތް. މިވަރަށް ބަލިވާ އަތަށް އަޅާލީމާ ފައިސާ ބަހަންދޭ މީހުންވެސް އެފައިސާ ނުބަހާނެ. އެފައިސާ ބަހާދޭ މީހުން ބަޗާނެ. ރައީސް ޞާލިހުވެސް ބަޗާނެ. މަގުމަތިވާނީ ފަހަތުން އުޅުއްވާ ބޭފުޅުން. ރައީސް ޞާލިހު އިންނަވާނީ ކޮޅުބުގެ ކޮންމެވެސް ގެއެއްގައި ފައިސާ ފޮއްޗަކާއިއެކު.
– އީވާ ވިދާޅުވިއެވެ.
އީވާ މިހެން ވިދާޅުވި މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު ދަ ޑިމޮކްރެޓްސް އާއި ގުޅިގެން މިވެރިކަން ބަދަކު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވައެވެ.
ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސް އިން ކެނޑިޑޭޓަކު ނެރޭނެކަމަށް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ނުދިނުމާއި ގުޅިގެން މިހާތަނަށް ޕާޓީގެ މަސައްކަތް އޮތީ ނުކުރެވިއެވެ.
2 Responses
އިއްޔެކީއެއްޗިހހަދާންނެތިއެރިކަމާހެދިދަންޖެހޭކޮއްމެބަޔަކުވެސްއުޅޭނީތިޔަހެންލަދުހަޔާތުގެޒައްރެއްގެމިންވަރުވެސްނުހުންނާނެ
މިހިރ ނަޖިސ އަންހެނެއ ފެނުނަސ ހޮޑުލަވާ