އާލިއާގެ ހޮލީވުޑް ފިލްމު ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

އާލިއާގެ ހޮލީވުޑް ފިލްމު ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
20 ޖޫން 2023 08:14
0

ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"  އޮގަސްޓް މަހުގެ 11 ގައި ޕްރީމިއާކުރާނެކަން އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ނެޓްފްލިކްސް އަށް އަންނަން ހުރި ބައެއް އުފެއްދުންތައް ދައްކައިލަން ބްޒެޒިލްގައި ބޭއްވި ކުލަގަދަ "ޓުޑުމް" އިވެންޓްގަ އެވެ.

އާލިއާ ބަޓްގެ ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ގެ ޓްރެއިލާ އާއި އެކުގައި ނެޓްފްލިކްސްއިން ކުރިޔަށް އޮތްތަނުގައި ދެއްކުމަށް ހަމަޖެހިފައިވާ ގިނަ ފިލްމުތަކުގެ މަޢުލޫމާތު ވަނީ ޢާއްމުންނާ ހިއްސާކޮށްފައިވެއެވެ.

"ހާޓް އޮފް ސްޓޯން" ގެ ޓީމް ބައިވެރިވި އެވެ. އޭގެ ތެރޭގައި އާލިއާ އާއި ފިލްމުގެ މައިގަނޑު ދެ ތަރިން ކަމަށްވާ ގަލް ގެޑޯ އާއި ޖެމީ ޑޯނަން ހިމެނެ އެވެ. މި ފިލްމް އަކީ މީގެ ކުރިން އާލިއާ ކުޅެފައި ނުވާފަދަ ރޯލަކުން ފެނިގެންދާނެ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އާލިއާ މުހިންމު ރޯލެއް ކުޅެފައިވާ މި ފިލްމަކީ ސްޕައި ތްރިލާ އެކެވެ. އާލިއާ މީގެ ކުރިން ކުޅެފައި ނުވާ ކަހަލަ އެކްޝަން ރޯލަކުން ފެންނާނެ "ހާޓް އޮފް ސްޓޯން" ގައި ކުޅެފައި ވަނީ ކޭޔާ ދަވަން ކިޔާ ކެރެކްޓާއެކެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ "ވޮންޑަ ވުމެން" ގެ ތަރީ ގަލް ގެޑޯ އާއި "ދަ ފޯލް"، "ދަ ޓުއަރިސްޓް" އަދި "ރޮބިން ހޫޑް" ފަދަ ފިލްމުތައް ކުޅެފައިވާ ޖެމީ ޑޯނަން ވެސް މި ފިލްމުން ފެންނާނެއެވެ.

ނެޓްފްލިކްސް އިން އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ޓޮމް ހާޕާ ޑައިރެކްޓުކޮށްފައިވާ ފިލްްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.