ނަޝީދުގެ ސިޔާސީ ހަޔާތުން ލިބުނު ހިތްދަތިކަން ރަމްޒުކޮށްދޭ ލަވަލަތެއް އަމިއްލަ އަޑުފުޅުން

ނަޝީދުގެ ސިޔާސީ ހަޔާތުން ލިބުނު ހިތްދަތިކަން ރަމްޒުކޮށްދޭ ލަވަލަތެއް އަމިއްލަ އަޑުފުޅުން

Author
ހުސެއިން
17 ޖޫން 2023 08:56
0

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅު ސިޔާސީ ހަޔާތުން ލިބުނު ހިތްދަތިކަން ރަމްޒުކޮށްދޭ ލަވަތަކެއް ވިދާޅުވުމަށްފަހު އޭގެ ބައެއް ކަޑިތައް ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފިއެވެ. ނަޝީދުގެ އަަޑުފުޅުން ވިދާޅުވެފައިވާ ދެ ލަވައެއް އާންމު ކުރައްވާފައިވަނީ، ހަސަން ކުރުސީގެ ނަމުގައި، ނަޝީދު ޕްރޮމޯޓު ކުރުމަށް، އަރިސް ބޭފުޅުންކޮޅެއް ގެންގުޅޭ ޓުވިޓަރ ހޭންޑްލް އަކުންނެވެ.

މި ޓުވިޓަރ ހޭންޑްލްއިން ފުރަތަމަ އާންމު ކޮށްފައިވަނީ، ނާކާމިޔާބުވީ ލޯބިގެ ހާދިސާތަކެއްގެ ވާހަކަތަކެއް ކިޔައިދޭ، މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު ކިޔާފައިވާ ކުރީގެ މަޝްހޫ ލަވައެއް ކަމުގައިވާ "ލޯބީގެ ހާދިސާ" މިލަވައެވެ.

މި ލަވާގައި މައިގަޑުގޮތެއްގައި ކިޔައިދޭ ވާހަކައަކީ، ނާކާމިޔާބު ވީ ލޯބީގެ ހާދިސާއެއްގެ ވާހަކައެވެ. އަދި އެއީ ތަގުދީރުގައި ހަމަޖެހިފައިވީ ގޮތްކަމަށާއި، އެހެންނަމަވެސް ލޯބީގެ އެ ނާކާމިޔާބީގެ ވާހަކަ އެއީ ހިތަށް ހަރާލި ޚަންޖަރެއްގެ ގޮތުގައި އެލަވާގައި ސިފަ ކޮށްފައި ވެއެވެ.

ނަޝީދުގެ އަޑުފުޅުން ވިދާޅުވެފައިވާ ދެވަނަ ލަވައެއްގެ ކަޑިތަކެއްވެސް މި ޓުވިޓަރ ހޭންޑްލްއިން އާންމު ކޮށްފައިވެއެވެ. އެލަވައަކީ މަޝްހޫރު ލަވަ ކިޔުންތެރިޔާ، އަދި މިހާރު ލޯބީގެ ލަވަކިޔުމާއި ދުރަށް ގޮސްފައިވާ އަލީ ރަމީޒު ކިޔާފައިވާ ލަވައެކެވެ.

އެލަވާގައި ބުނެފައިވާ ވާހަކައަކީ އެކުވެރިންގެ ޚިޔާނާތްތެރި ވާވާހަކައާއި ދުނިޔެއަކީ ކެހިވެރިން ގިނަ ތަނެއްކަމުގެ ވާހަކަ ތަކެވެ. އެލަވަ އާންމު ކުރުމަށްފަހު، ލަވަވަނީ ރައީސް ސާލިހުއަށް ޓެގްކޮށް، އަދި ނަޝީދުއާއި ރައީސް ސާލިހުގެ ފޮޓޯތައްވެސް ވީޑިއޯގެ ގޮތުގައި ހިމަނާފައެވެ.

މި ހޭންޑްލްއިން ބުނެފައިވާ ގޮތުގައި ނަޝީދުގެ އަޑުން ވިދާޅުވެފައިވާ މި ދެލަވަ އެކީ އަދި ފަހުން އާންމު ކުރެވިގެން ދާނެކަމުގައެވެ.

ނަޝީދު ހިތާމަވެރި ޖަޒްބާތުތަކާއި ގުޅުންހުރި ދެ ލަވައެއް ވިދާޅުވެފައިވާއިރު، ސިޔާސީ ހަޔާތުގައި އެކީގައި އުޅުނު ގިނަ ރައްޓެހިންނާ ވަކިވެ، އަމިއްލަފުޅު ޕާޓީއެއްގެ ގޮތުގައި ގެންގުޅުއްވަމުން ގެންދެވި އެމްޑީޕީވެސް ދޫކޮށް މިހާރު ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އަދި، އެންމެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ނަޝީދު ސިފަކުރައްވަމުން ގެންދެވި، އަދި އާއީލީގޮތުން ގާތް ގުޅުންތަކެއް އޮންނަ، ރައީސް ސާލިހުއާއި ނަޝީދުއާ ދެބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، ދެބޭފުޅުން މިހާރުވަނީ ސިޔާސީ ގޮތުން ހަތުރުންނަށް ބަދަލުވެގެން ގޮސްފައެވެ.

ގިނަ ބަޔަލު ސިފަ ކުރާގޮތުގައި، ނަޝީދަށް އަމިއްލަފުޅު ޕާޓީ ގެއްލި، އެކީގައި މަސައްކަތްކުރެއްވި ސިޔާސީ ގިނަ އެކުވެރިންވެސް ގެއްލިދިޔައީ، ނަޝީދުގެ ހިތްޕުޅުގައި ހަމައެކަނި ވެރިކަމަށް އޮތް އެދުމާއި ދަހިވެތިކަން ބޮޑުވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަމީޒް
އަލީ ރަމީޒް ގެ ލަވަ ނަޝީދު ނުކިޔާ. އާޓިފިސަލް އިންޓެލިޖެންސް ބޭނުން ކޮއްގެން ހަދާފަ އެއީ