ރަހީނު ކުރި މީހުން ސަލާމަތްކުރީ ބާރުގެ ބޭނުންކޮށް ގެއަށްވަދެ

ރަހީނު ކުރި މީހުން ސަލާމަތްކުރީ ބާރުގެ ބޭނުންކޮށް ގެއަށްވަދެ

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2023 04:55
0

މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިބި ބަޔަކު، ބާރުގެ ބޭނުންކޮށްގެން ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގެ ތެރޭގައި ބަޔަކު ރަހީނުކޮށްގެ ގެންގުޅޭކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، ފުލުހުން އެތަނަށް ގޮސް ބާރުގެ ބޭނުންކޮށްގެން އެތަނަށްވަދެ ރަހީނުކޮށްފައި ތިބި 3 ފިރިހެނުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ރަހީނުކޮށްފައިތިބި 3 މީހުންނަށްވެސް އެކިވަރުގެ އަނިޔާތައްކޮށްފައިވާ ކަމަށެވެ. މިމީހުން ޑޮކްޓަރަށް ދެއްކުމަށްވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންވަނީ ދިވެހި ފިރިހެނަކާއި، 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމައްސަލަ މިހާރު ފުލުހުން އަންނަނީ ތަޙުގީގުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.