ޝާހިދު ބްލިންކަންއާއި ބައްދަލު ކުރައްވައިފި

ޝާހިދު ބްލިންކަންއާއި ބައްދަލު ކުރައްވައިފި

Author
ހުސެއިން
16 ޖޫން 2023 08:55
0

ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާއި ބައްދަލު ކުރައްވައިފިއެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ބްލިންކަންއާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ބައްދަލު ކުރެއްވުމުގައި، އެމެރިކާއާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމަށް ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވިގެންދިޔަ ކަމުގައެވެ.

މިގޮތުން މަޝްވަރާ ކުރެއްވުމުނު 5 ކަމެއް ޝާހިދު ފާހަގަ ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކިޔެވުމަށް ރާއްޖޭގެ ދަރިވަރުންނަށް އިތުރު ފުރުސަތު ހޯދާ ދިނުން.
  2. ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެގައުމުގެ މެދުގައި އިގްތިސާދީ ގުޅިން ބަދަހި ކުރުން.
  3. އެއްގައުމުން އަނެއްގައުމަށް ދެގައުމުގެ ރައްޔިތުންވެސް ދަތުރު ކުރުމަށް، ވިސާ ހޯދުމުގައި އިތުރަށް ލުއިފަސޭހަކަން ގާއިމް ކުރުން.
  4. ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީގޮތުން ކުރެވޭ މަސައްކަތްތަކުގައި ދެގައުމުންވެސް އެއްބާރުލުން ދިނުން.
  5. އިންޑޯ ޕެސިފިކް ރީޖަންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން.

ޝާހިދުގެ ޓުވީޓުގައި ވަނީ، އެމެރިކާއިން ރާއްޖެއަށް ފޯރުކޮށް ދެމުންދާ އެހީތެރިމަށް ވަރަށް ބޮޑަށް އުފާ ކުރައްވާކަމަށް ވިދާޅުވެ، ކުރިޔަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.