ހދ.ކުމުންދޫ ރައްޔިތުންނަށް ކަރަންޓު ލިބުމުގައި ހުރި ދަތިހާލަތުން އަރައި ގަތުމަށް ކުރަމުންދާ މަސައްކަތުގައި ކާމިޔާބީއެއް ނުލިބޭނަމަ ސަރުކާރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެދާއިރާގެ ވޯޓާއިމެދު ވިސްނަން ޖެހޭނެކަމަށް މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
މެމްބަރު ރާއީ މިހެން ވިދާޅުވީ އޭނާގެ ދާއިރާގެ ކުމުންދޫގެ ކަރަންޓު ދިނުމަށް މިހާރު ހުރި ޖަނަރޭޓަރުން އެރަށަށް ކަރަންޓު ދެވޭނެ ވަރުގެ ކެޕޭސިޓީ ނެތި ރައްޔިތުން ކުރަމުންދާ އާދޭސްތަކާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
މެމްބަރު ރާއީ ވިދާޅުވީ މިހާލަތުގައި ކުމުންދޫގެ ރައްޔިތުންގެ ދިރިއުޅެމުން ޖެހުމަކީ ރަށުގެ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުުގައި އަޅަމުންދާ އިންޖީނުގެތަކުގެ ތެރެއިން އިންޖީނުއެއް ކުމުންދޫއަށް ނުލިބި ރިޔާސީީއިންތިޚާބުގެ ވޯޓު ކަށަވަރު ވާނެ ގޮތެއް ނޯންނާނެކަމަށް ރާއީ ވިދާޅުވިއެވެ.
މި ހާލަތުގައި ކުމުންދޫގެ ކަރަންޓްގެ ހާލަތު ހުރުމަކީ ރަށުގެ ރައްޔިތުންނާއި އަދި ރަށުގެ ވިޔަފާރިވެރިންގެ ނުހަނު ކަންބޮޑުވުމާއި ޝަކުވާ މެދުނުކެޑި އޮތްކަމެކެވެ. ރީތި ނަލަ އިންޖީނުގެ އަކާއި އޮފީސް އިމާރާތަކުން އެލިބޭ ހިތް ހަމަޖެހުން ފުރިހަމަ ވެގެންދާނީ ދުވަސްވެފައިވާ ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރެވިގެންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި އެރަށުގެ ރައްޔިތުން ވޯޓްދޭނެ ގޮތާއި އަދި ރައްޔިތުންގެ މަޖްލިސްގައި އަޅުގަނޑު ކަންކަމުގައި ނިންމާ ނިންމުންތައްވެސް ދާޢިރާގެ މަޝްލަހަތާއި ގުޅިލާ މެހިފައިވެއެވެ.
– ރާއީ ވިދާޅުވިއެވެ.
މި ހާލަތުގައި ކުމުންދޫގެ ކަރަންޓްގެ ހާލަތު ހުރުމަކީ ރަށުގެ ރައްޔިތުންނާއި އަދި ރަށުގެ ވިޔަފާރިވެރިންގެ ނުހަނު ކަންބޮޑުވުމާއި ޝަކުވާ މެދުނުކެޑި އޮތްކަމެކެވެ، ރީތި ނަލަ އިންޖީނުގެ އަކާއި އޮފީސް އިމާރާތަކުން އެލިބޭ ހިތް ހަމަޖެހުން ފުރިހަމަ ވެގެންދާނީ ދުވަސްވެފައިވާ ކޭބަލް… https://t.co/Z8ggespFZI
— Mohamed Raee / Makunudhoo Constituency (@Mraee12) June 12, 2023
ކުމުންދޫގެ ހާލަތާއި ގުޅިގެން އެރަށު މީހަކު ކޮށްފައި ޓުވީޓުގައި ވާގޮތުން ރަށުގެ ބައެއް ސަރަަހައްދުތަކަށް ވޯޓު ދަށްވެގެން ކަރަންޓު ކިރިޔަ ކިރިޔާ ލިބޭ ހާލަތުގައި އޮތްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ އެންމެ އަސާސީ ޚިދުމަތަކަށްވާއިރު، މިޚިދުމަތުން ރައްޔިތުން މަހުރޫމް ވެގެން ނުވާނެކަމަށް ވަނީ ބުނެފައެވެ.
One Response
ކަޅޯގަޔާކުމުންދޫއެކަނިތަ ތިދާއިރާގަ އޮތީ އެންރައްތަކުގާވެސް ނުކުރެވިފާހުރި ކަންތަކުރެވެންވާނެ ކުމުންދޫ އެކަނި ކަންކަން ކުރިކަމުގާވިޔަސް އަދި ވޯޓު ނުލިބޭނެ މިފަހަރު ސޯލިހު ދާންޖެހޭނި ދޯންޏަކުން މަހައްދާން