މިދުވަސްވަރު އެއާރޕޯޓް ބޭނުންކުރާ ފަރާތްތަކުން ޓްރެފިކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި

މިދުވަސްވަރު އެއާރޕޯޓް ބޭނުންކުރާ ފަރާތްތަކުން ޓްރެފިކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި

Author
އަޒްފާ ރަޝީދު
12 ޖޫން 2023 10:31
0

ހައްޖުވެރިން ފުރާ ދުވަސްވަރުކަމުން އެއަރޕޯޓް ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މި ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާ މީހުންނާއި ޙައްޖުވެރިން ވަގުތު އޮއްވާ އެއަރޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމް ދުރާލާ ނިންމުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން މިއަދު ބުނީ، މި އަހަރު ޙައްޖައްދާ ގިނަ އަދަދެއްގެ ޙައްޖުވެރިން ފުރުމަށްޓަކައި ޖޫން 12 އިން 19 އަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދިއުމަށް ހަމަޖެހިފައިވާތީ، އެއަރޕޯޓުގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށެވެ. އެހެންކަމުން، އޮމާންކަމާއި އެކު ޓްރެފިކް ފްލޯ ކުރިއަށްދާނެކަމަށް ކަށަވަރުކުރުމަށް މި ދުވަސްތަކުގައި އިތުރު ފުލުހުން އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެކި ބޭނުންތަކުގައި އެއަރޕޯޓުން ފުރަންދާ މީހުންނާއި ޙައްޖަށް ދިއުމަށްޓަކައި ފުރަންދާ މީހުންނަށްވެސް ޓްރެފިކް ތޮށްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވާކަމަށެވެ. އަދި މި ދުވަސްވަރުގައި ދަތުރުކުރާ މީހުންނަށް ކުރިމަތިވެދާނެ އުނދަގޫތައް ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރަމުން ގެންދާނެ ކަމަށެވެ.

ޙައްޖުވެރިން ފުރުވަން އެއާޕޯޓަށް ދާ ގާތްތިމާގެ މީހުންވެސް އޮފިސަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް  ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.