ފުލުހެއްގެ ގައިގައި ޖެހުމަށްފަހު، އަނިޔާކޮށް، މާރާމާރީ ހިންގި މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ.
މި ދެ މައްސަލައާ ގުޅިގެން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް / ދަޑިމަގު.ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް (23އ)އެވެ. އޭނާ އަމިއްލައަށް ފުުލުހަށް ހާޒިރުވުމުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ކަމަށެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ބަޔަކާ ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓައި އަންސާމް ހޯދަން އިއުލާނުކޮށްފައިވަނީ ޖޫން ހަތް ވަނަ ދުވަހުއެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދަން އާންމުކޮށް އިއުލާންކުރުމަކީ ފުލުހުން ކުރަމުން އަންނަ ކަމެކެވެ.
ކޮމެންޓު ފޮނުވާ