ޔާމީން ޖަލުގައި 900 ދުވަސް: އަނިޔާވެރިކަމަށް ނިމޭނެ، އެނބުރި އަންނާނީ މާވަރުގަދަކޮށް!

ޔާމީން ޖަލުގައި 900 ދުވަސް: އަނިޔާވެރިކަމަށް ނިމޭނެ، އެނބުރި އަންނާނީ މާވަރުގަދަކޮށް!

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2023 12:43
0

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންނަށް ކޮށްފައިވާ ޖަލުހުކުމާއި ގުޅިގެން މިއަދަށް 900 ދުވަސް ހަމަވެފައިވާތީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ހޫނު ރައްދެއް ސަރުކާރަށް ދެއްވައިފިއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. ރައީސް ޔާމީނަށް އަނިޔާ ކުރަމުންދަނީ މިސަރުކާރުން ކުރަމުންދާ ޤާނޫނާއި ޚިލާފް ޢަމަލުތައް ހުއްޓުވުމަށް ފާޅުގައި ގޮވާލައި، އެކަންކަމާއި ދެކޮޅަށް ތެދުވާތީކަމަށް އަދުރޭ ވިދާޅުވިއެވެ. ރައީސް ޔާމީނަކީ ރައްޔިތުންގެ ހައްގުގައި ސާބިތު ކަމާއިއެކު އަބަދުވެސް ހައްގަަށް މަސައްކަތް ކުރާ ވެރިއެއް ކަމަށާއި، އެމަނިކުފާނުގެ އެމަސައްކަތް މިސަރުކާރަށް ނުހުއްޓުވޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.

މިއަދަކީ މި އަނިޔާވެރި ސަރުކާރުން ރައީސް ޔާމީނަށް ހަރާމް ހުކުމް ކޮށްގެން ޖަލުގައި ގެންގުޅޭތާ 900 ދުވަސްވީ ދުވަސް. ރައީސް ޔާމީނަށް މިސަރުކާރުން އަނިޔާކުރަމުން ގެންދަނީ މި ރާއްޖޭގައި ދީނީ މިނިވަންކަންދީ، ރާއްޖޭގެ މިނިވަންކަން ނަގައިލާ، ދައުލަތުގެ ޚަޒާނާ ދަވާލާ، ރާއްޖޭގެ ބިން ބިމާ ކަނޑު ވިއްކާ ހިންގަމުން ގެންދާ ޖަރީމާތަކުގެ ހަގީގަތް ރައީސް ޔާމީން ރައްޔިތުންނާ ހަމައަށް ތިލަކޮށް ދެއްވާ އެ ކަންކަމާ ދެކޮޅަށް ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެކަން ޗޯރު އިބޫއަށް ކަށަވަރުވާތީ އެކަން ހުއްޓުވަން.

– އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ދޭ އަނިޔާއަކަށް ފަސް އަބުރި ބަލާނެ މީހެއް ނޫންކަމަށެވެ. އެމަނިކުފާނު މިހާރުވެސް ހުންނެވީ ރައްޔިތުންގެ ޚިދުމަތާއިގެން ވަޑައިގެންނެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށާއި، އެނބުރި އެމަނިކުފާނު އަންނީ އހުނަށްވެރެވެސް މާވަރުގަދަކޮށް ކަމުގައިި އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނެއް ނުހުއްޓުވޭނެ. މާތް ރަސްކަލާންގެ ތަނަވަސް ރަޙުމަތްފުޅުން ރައީސް ޔާމީނުގެ އެބުރި ވަޑައިގަތުން އިހުނަށްވުރެ މާ ވަރުގަދަވާނެ. ދިވެހީންގެ އުންމީދަކީ ރައީސް ޔާމީން.

– އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު ޖަލުގައި އޮންނަތާ 900 ދުވަސް ވުމުން، އިދިިިކޮޅު ކޯލިޝަންގެ ގިނަ ބޭފުޅުން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ހޫނު ބަހުގެ ހަލަމާތައް ދެމުންނެވެ.

ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީން ޓިކެޓް ދީފައިވަނީ ޔާމީނަށެވެ. ޢެހެންނަމަވެސް މިހާރު ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގެ ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށްވަނީ ހަނިވެފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަން ބުނަމުންދަނީ އެކޯލިޝަންގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.