އަހަރު ތަކެއްގެ މެދު ކެނޑުމަށް ފަހު އަލުން ސުކޫލް ކުދިންގެ ލަވަ މުބާރާއް ފެށުމަށް ތައްޔާރު ވެއްޖެއެވެ. މި މުބާރާތް ބޭއްވުމަޢށް ހަމަ ޖެހިފައިވަނީ މި މަހުގެ 16 އިން 20 އަށެވެ.
މި މުބާރާތް ދައްކާނީ ޕީއެސްއެމް އިންނެވެ. 8 އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން މި މުބާރާތް ބާއްވާ އިރުގައި 32 ސްކޫލަކުން 273 ދަރިވަރުން ވާދަކުރާ ކަމަށް ބުނެފި އެވެ.
މުބާރާތުގައ ދަރިވަރުން ލަވަތައް ހުށަހަޅައި ދޭނީ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. މުބާރާތުގެ ފިނާލޭ ގެނެސްދޭނީ މި މަހުގެ 24 ގަ އެވެ. މި ފަހަރު މުބާރާތުގެ ޖަޖުންނަކީ:
– ކާނަލް އަލީ މަނިކު (ދާރީ)
– އާދަމް ނަސީރު އިބްރާހިމް
– ޝިފާ ތައުފީގު
– މުހައްމަދު އާމިރު އަހުމަދު (ފަރެސް)
– މަރިޔަމް އުނޫޝާ
– މުހައްމަދު ސުހައިލް (ކޮޕްސް ބޭންޑް)
– ފާތިމަތު ފެޒްލީން (ޑިޓިއުން ބޭންޑް)
"އިންޓަ ސްކޫލް ލަވަ މުބާރާތް" ބާއްވަނީ ޕީއެސްމާއި އާޓްސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެންނެވެ.
"އިންޓަ ސްކޫލް ލަވަ މުބާރާތް" އެންމެ ފުރަތަމަ ބޭއްވީ 1988 ގަ އެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައި ވަނީ 2015 ވަނަ އަހަރު އެވެ.
ކޮމެންޓު ފޮނުވާ