ފުލުހެއްގެ ގައިގައި ޖެހުމަށްފަހު ފިލައިގެން އުޅޭ މީހަކު ހޯދަނީ

ފުލުހެއްގެ ގައިގައި ޖެހުމަށްފަހު ފިލައިގެން އުޅޭ މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2023 08:59
0

ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށްޓަކައި މީހަކު ހޯދަން ފަށައިފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް / ދަޑިމަގު.ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް (23އ) އެވެ.

ފުލުހުން ވިދާޅުވީ އޭނާ ހޯދަމުންދަނީ ހުޅުމާލޭގައި މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށް ކަމަށެވެ.

ފުލުހުން ވަނީ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 3035335 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.