ފޯޅަވަހި ދިވެހި ދައުލަތަށް ނަގަން އަންނަ ސަރުކާރަކުން ދައުވާ ކުރާނެ: އުމަރު

ފޯޅަވަހި ދިވެހި ދައުލަތަށް ނަގަން އަންނަ ސަރުކާރަކުން ދައުވާ ކުރާނެ: އުމަރު

Author
ހުސެއިން
02 ޖޫން 2023 10:31
0

ޗާގޮސްއަކީ ދިވެހިންގެ އަތޮޅެއް ކަމަށާއި، މޮރިޝަސްއަށް ޗާގޮސްގެ މައްޗަށް ދައުވާ ކުރުމުގެ އެއްވެސް ހައްގެއް ނެތްކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިޔަށްދާ ޗާގޮސް ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އިނގިރޭސިން ޗާގޮސް އިސްތިއުމާރު ކުރިއިރު އެތަނުގައި ތިބީ ދިވެހިން ކަމަށާއި، އިނގިރޭސިން އެތައް ދޫކޮށްފަ ދާއިރު ދާންޖެހޭނީ އެތައް ދިވެހިންނާ ހަވާލުކޮށްފަ ކަމުގައެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އިންޑިއާ އިސްތިއުމާރު ކުރުމަށްފަހު އެތައް ދޫކޮށް އިނގިރޭސިން ދިޔައީ އިންޑިއާގެ ރައްޔިތުންނާއި އެގައުމު ހަވާލު ކޮށްފައި ކަމަށާއި، ސްރީ ލަންކާ އިސްތިއުމާރު ކުރުމށްފަހު އިނގިރޭސިން ގޮސްފައިވަނީ ސްރީ ލަންކާގެ ރައްތިތުންނާއި އެތަން ހަވާލު ކޮށްފައި ކަމަށްވާތީ ކަމުގައެވެ.

ފަލަސްތީނުގެ ޖެރީކޯގައި މަހާނައެއް ކޮނުނު އިރުގައި އެ މަހާނާގައި އޮތް 9،000 އަަހަރުވީ އަންހެނެއްގެ ކަށިގަޑުގެ ބޯ. އެ ބޮލުގަ ޖަހާފައިން 2 ބޮލި. އެ ދެބޮލި އެއީ ދިވެހިރާއްޖެއިން ދިޔަ 2 ބޮލި ކަމަށް ތުހުމަތު ކުރެވޭ 2 ބޮލި. އެއީ 9،000 އަހަރު ކުރިން. އެހެންވީމަ އަޅުގަޑުމެން މި ކަނޑުތަކުގައި ބޮލިހިލަމުން ދަން، އެލެގްޒެންޑަރ އިންޑިއާއާއި ހަމައަށް އައި އިރުގާ، ޒެންގީ ޝާން ޗައިނާ ހިފި އިރުގަވެެސް އަޅުގަޑުމެން މިތާ ތިބިން. އެހެންވީމަކަ އެއްވެސް ހައްގެއް ނެތް މޮރިޝަސް ކިޔާ ގައުމަށް، އެއައްވުރެ މާފަހުން ދުނިޔެއަށް އުފަންވި ގައުމަކަށް އައިސް ޗާގޮސް ހޯދާކަށް.

އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅވީ މިސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީވެސް ހާމަ ކުރާނެ ކަމަށާއި، މި ސަރުކާރުން ފޮރުވާފަ ހުރި ހުރިހާ ލިޔެކިޔުންތަކެއްވެސް ހާމަކުރާނެ ކަމުގައެވެ.

މިރޭ ކުރިޔަށްދާ ޗާގޮސް ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެމްއެންޕީ، ޕީޕީއެމް، ފިކުރެއްގެ ދިރުމުގެ އިތުރު އެހެން ބައެއް ސިޔާސީ ފަރާތައްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.