ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިޢުމާލް ކުރޭ

ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިޢުމާލް ކުރޭ

Author
އަޒްފާ ރަޝީދު
31 މެއި 2023 07:28
0

ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިޢުމާލް ކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. އެއީ ކޮންމެ ހަތަރު މީހަކުން އެކަކެވެ.

ރާއްޖޭގެ އާބާދީގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ 35.6 ޕަސަންޓަކީ ފިރިހެނުން ކަމަށްވާއިރު 7.6 ޕަސަންޓް މީހުންނަކީ އަންހެނުންނެވެ. ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ ބާވަތްތައް ބޭނުންކުރާ ކަމަށްވެސް ހިސާބުތަކުން ދައްކަ އެވެ. އެއީ 48 ޕަސެންޓް ފިރިހެން ކުދިންނާއި 43.2 ޕަސެންޓް އަންހެން ކުދިންނެވެ.

މީގެއިތުރުން އީ-ސިނގެރޭޓް ނުވަތަ ވޭޕް، 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ ތެރެއިން 17.1 ޕަސަންޓް ބޭނުންކުރަން ފަށާފައިވާ ކަންވެސް ތަފާސްހިސާބުތަކުން ހާމަވެ އެވެ. އަދި ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުންކުރަނީ 3.1 ޕަސެންޓް ކުދިންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 393,652,853ރ. ގެ ދުންފަތުގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކުރި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.