އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަލްސަފާއަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ ހަމަޖެހުން ނަގާލައި މަސްލަހަތު ނަގާލުން ކަމުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓާރ މޫސާ އަލިމަނިކު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ގދ ތިނަދޫގައި މަސްކިރޭނެ ގޮތެއް ނެތުމުން އެރަށު މަސްވެރިން ނުކުމެ އައިސްޕްލާންޓުގައި ތަޅު އަޅުވައި ފާޅުކުރަމުންދާ ޚިޔާލްތަކާއި ގުޅިގެން ކުރި ޓުވީޓެެއްގައެވެ. މަސްވެރިން ބުނަމުންދަނީ އައިސްޕްލާންޓް ހުޅުވޭނީ މަސްވެރިންނަށް މަސްކިރުވޭނެ ގޮތެއް ސަރުކާރުން ހަމަޖައްސައި ދިނުމުންކަމަށެވެ. މި ހަމަނުޖެހުމުގައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ވަނީ ގެންގޮސްފައެވެ.
ތިނަދޫ މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން މެމްބަރު ފިރުޝާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގޮތްދޫނުކޮށް މެނިފެސްޓޯއަށް ގޮންޖަހައި މަސްވެރިކަމުގެ ވައުދުތައް ނުފުއްދުމުގެ ނަތީޖާ ކަމަށެވެ.
އޭނާގެ ވާހަތަކަށް ރައްދު ދެއްވައި މޫކޭ ވިދާޅުވީ މިއީ ސީދާ ރައީސް ނަޝީދު ބޭނުންވާ ރާއްޖެ ކަމަށެވެ. ރައީސް ނަޝީދު ބޭނުންވަނީ ޤައުމުގައި އޮތް ހަމަޖެހުން ނަގާލައި ރައްޔިތުންގެ މެދުގައި އަބަދުވެސް ތަޅާފޮޅުމައި ބައިބައި ވުން އޮތުންކަމަށެވެ. މިހާރު ސަރުކާރާއިި ދެކޮޅަށް ކުރަމުންދާ މަސައްކަތަކީވެސް އެމަސައްކަތް ކަމަށް މޫކޭ ވިދާޅުވިއެވެ.
ތިއީ އަންނި އާއި އޭނާގެ ވަށާ އެނބުރޭ ހަރުކަށި ސިޔާސީ ފިކުރުގެ ގުރޫޕް ބޭނުންވާ ދިވެހިރާއްޖެ. ހަމަޖެހުން ގެއްލި އެންމެ އަބަދު ޒުވާބާއި ތަޅާފޮޅުމުގައި ގެންގުޅުމުގެ ފަލްސަފާ. އިދިކޮޅަށް ބަދަލުވެ ކުޅޭނީ އެ ކާޑު ކަން މާކުރިން އޮތީ އެނގިފަ.
– މޫކޭ ވިދާޅުވިއެވެ.
މިއީ ސީދާ @ibusolih ގޮތްދޫނުކޮށް މެނިފެސްޓޯއަށް ގޮންޖަހައި މަސްވެރިކަމުގެ ވައުދުތައް ނުފުއްދުމުގެ ނަތީޖާ. ތިނަދޫގެ ހާލަތު މިވަގުތު. މަސްވެރީންގެ އިހުތިޖާޖު. pic.twitter.com/Kp7vf4Dw9C
— Hussain Firushan 🇲🇻 (@husnfirey) May 27, 2023
މަސްވެރިން ނުކުމެ އެރަށު އައިސްޕްލާންޓް ތަޅުއެޅުވުމާއި ގުޅިގެން ތިނަދޫ ކައުންސިލްގެ އެދުމުގެ މަތިން މިފްކޯގެ ޓީމެއް މަސްވެރިންނާ ބައްދަލުކުރުމަށް ތިނަދޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ތިނަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ތިނަދޫގައި އައިސްޕްލާންޓުގައި ތަޅު އަޅުވައި މަސްވެރިން އިހުތިޖާޖުކޮށްފައިވާއިރު، ސަރުކާރުން މިހާރުވެސް ދަނީ ތިނަދޫގައި މަސްގަނެ ރައްކާކުރާ ކާރުހާނާއެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ