މޯލްޑިވިއަންގެ ފްލައިޓެއް އިމަޖެންސީގައި ވެލާނާ އެއާޕޯޓަށް ޖައްސައިފި

މޯލްޑިވިއަންގެ ފްލައިޓެއް އިމަޖެންސީގައި ވެލާނާ އެއާޕޯޓަށް ޖައްސައިފި

Author
މުޙައްމަދު ޝަޒައިމް
27 މެއި 2023 04:25
0

ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާގެ ކޮޗިންއަށް ދަތުރުކުރަމުން ދިޔަ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ ވީއައިއޭ ގައެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮޗިން އަށް ދަތުރު ކުރި މޯލްޑިވިއަންގެ ބޯޓު 8QIAN އިމަޖެންސީގައި ވެލާނާ އެއާޕޯޓަށް ޖެއްސީ، ނައްޓާލިތާ ކުޑައިރުކޮޅެއް ފަހުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އެއާބަސްގެ އެ މަތިންދާ ބޯޓު ޖެއްސީ މިއަދު 3:30 ގައެވެ.

ބޯޓު ޖެއްސީ އެ ވަގުތު ބޯޓުގައި ދަތުރުކުރަމުން ދިޔަ ކުޑަ ކުއްޖަކަށް ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ. ބޯޓުގައި ތިބި ހަތަރު މީހަކު ބާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލުން އެ ބޯޓު ނައްޓާލާނީ ހަވީރު 4:30 ގައިކަމަށް މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.