ހއ.ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނެފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ. މީގެ އިތުރުން ތާރު އެޅުމުގެ 95 އިންސައްތަ މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް އެމްޓީސީސީން ހާމަކުރެއެވެ.
މި މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25,909 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، 11,114 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
Ha. Hoarafushi Road Development Project is currently underway with overall 82% project progress. Pavement installation work is currently ongoing at the site, and asphalt laying work has reached 95% completion.#MTCCProjects #RayyithungeKunfuni pic.twitter.com/AecZdcXJQs
— MTCC Plc (@MTCCPlc) May 25, 2023
އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.