ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދައިފި

ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދައިފި

Author
މުޙައްމަދު ޝަޒައިމް
22 މެއި 2023 02:25
0

ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓާ ފިލި މީހާ ހޯދައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ ރޭގެ ވަގުތެއްގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. މި މީހާ ފިލިކަން ފުލުހުންނަށް އެނގުނީ ގއ. ވިލިގިއްޔަށް ގެންދަން ވެގެން ބެލިއިރު ޕޮލިސް ސްޓޭޝަންގައި ނެތުމުން ރޭ މެންދަމު 12:57 ހާއިރުއެވެ.

ފުލުހުން ބުނީ ފިލައިގެން އުޅުނު 49 އަހަރުގެ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ހޯދި ތަނެއް ފުލުހުން ނުބުނެއެވެ.

އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކުވެސް މިމަހުގެ ފަސްވަނަ ދުވަހު ފިލިއެވެ. ނަމަވެސް ފުލުހުންގެ ހިންގި ބޮޑު އޮޕަރޭޝަނަކަށް ފަހު މިމަހުގެ ހަވަނަ ދުވަހު އޭނާ ހޯދާފައިވެއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.