ބޯކޮށް ވާރޭވެހި ނައިފަރުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ނައިފަރުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 މެއި 2023 02:21
0

ބޯކޮށް ވާރޭވެހި ޅ.ނައިފަރުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ވާރޭވެހި ޅ.ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، މިއަދު ހެނދުނު 06:30 އިން ފެށިގެން ޅ.ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ރަށުތެރޭގައި ޕަންޕު ޖަހައިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި ނައިފަރުގައި ހުންނަ ބާ އިންޖީނުގޭ ކުރިމަތީގައާއި މައާލް ފިހާރަ ކުރިމަތީގައި ޕަންޕުތައް ވަނީ ބެހެއްޓިފައެވެ.

އެ ރަށު މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތުގައި މިހާރުވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު އަހުމަދު ވިދާޅުވީ މިއަދު ފަތިހު ފަހެއް ޖެހިއިރުން ފަށައިގެން އެރަށަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. ފެންބޮޑުވެ ގެއަށް ފެން ވަދެގެން ރިޕޯޓުކުރީ އެއްްގެއިން ކަމަށާއި މިހާރު އެކަން ހައްލުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.