ރައީސް ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކޮށްފިން: ނާޒިމް

ރައީސް ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކޮށްފިން: ނާޒިމް

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާކަމަށާ، އެމައްސަލާގައި މިހާރު ސޮއި ކުރައްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި އެމްއެންޕީން ކުރިއަށްގެންދާ "ނާޒިމް ބުނީ ކީކޭ؟"ގެ ސެޝަންގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އިމުގެ މައްސަލާގައި ރައީސް ޞާލިޙްވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައި ނެތް ބާރެއް ބޭނުންކުރައްވާފަކަމަށެވެ. އިތުބާރު ނެތްކަމުގެ ވޯޓުނަގައި ރައީސް ޞާލިޙް އަޒުލުކުރަން ސޮއިކުރެއްވީ މިސަބަބާހެދިކަމަށް ނާޒިމް ވިދާޅުވިއެވެ.

ދެކުނުގެ ކަނޑުގެ އިމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ރާއްޖޭގެ ކަނޑުން ބައެއް، ސަރުކާރުން ވިއްކާލީކަމަށެވެ. އަދި ރާއްޖެއަށް ބޮޑު ގެއްލުމެއްވާގޮތަށް މިކަން ނިންމެވީ ސީދާ ރައީސް ޞާލިޙު ވެވަޑައިގެންނެވި އިހުމާލެއްގެ ސަބަބުންކަމަށް އިދިކޮޅުން ތުހުަމތުކުރެއެވެ. މިމައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވެސް އިދިކޮޅުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ.

މިމައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޙަރަކާތުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

4 Responses

  1. ރައްޔަތުންނާއި ގައައުމު ރެޕްރެޒެންޓު ކުރުރެވެންޔާ އެއްވެސް އިތުބާރެއްނެއި.

  2. އަަިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން ނާޒިމް ރައީސް ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތަކީ ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް ނަފާއަކަށް ކުރާ ކަމެއް.

  3. އިބުސޯލިހު އަށް އޭނާ ކުރި ހުވާތަކާއި ވައުދުތައް ފުރިހަމައެއް ނުކުރެވުނު.
    ގައުމުގެ ކަނޑުގެ ސަރަހައްދު ހިމާޔަތެއް ނުކުރެވުނު.

  4. މިއީ ރައީސް ޖަވާބުދާރީ ކުރުވުނަށް ކުރާ މަސައްކަތެއް.
    އެއީ އިބުސޯލިހު ވަނާ ގައުމާއި ރައްޔަތުން ރެޕްރެސެންޓު ކުރުމަށް ފެއިލްވެފާ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ