އޮލިޕްމަހުގައި މިހާރު ދައްކަމުން އަންނަ ކާމިޔާބު ފިލްމް "ލޯބިވެވިޖެއްޖެ" ގެ ދެވަނަ ބައެއް ނުވަތަ ސީކުއަލް އެއް ހަދަން ނިންމައި، އޭގެ ޓީޒާ ދައްކާލައިފި އެވެ.
އެސް ޕްރޮޑަކްޝަންސްއާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ "ލޯބިވެވިއްޖެ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަލީ ސީޒަންގެ ފިލްމު "ލޯބިވެވިޖެއްޖެ" ގެ ސީކުއަލް އިއުލާން ކުރި ނަމަވެސް ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި ރަސްމީކޮށް ނުނިންމަ އެވެ.
މިކަން އިއުލާން ކުރީ އިންޑިއާގެ ފިލްމީ ތަރި އަފްތާބް ޝިވްދަސާނީ އާއި ޔޫތު މިނިސްޓަރު އަހުމަދު ލޫފް ވެސް ބައިވެރިވިރި ހާއްސަ ޝޯގެ ތެރޭގަ އެވެ.
މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި "ލޯބިވެވިއްޖެ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ސީޒަން ލީޑް ބަތަލުގެ ރޯލު ކުޅެ، ޑައިރެކްޓްކުރި އިރޮޓިކް ތުރިލާއެކެވެ. މީގެ ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮންއައްޔަ)، އަހުމަދު ނިމާލު އަދި އަބްދުﷲ ޝާފިއު (ފުބޫ) ހިމެނެ އެވެ.
މީގެ ކުރިން ވެސް ދިވެހި ބައެއް ފީޗާ ފިލްމުތަކުގެ ސީކްއެލްއެއް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އޭގެ ތެރޭގައި އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރި "ސަނދުރަވިރޭ" ގެ ސީކްއެލް "ސަނދުރަވިރޭ 2″ އާއި އަހުމަދު ނިމާލް ޑައިރެކްޓްކުރި "ޒަލްޒަލާ" އާއި އޭގެ ސީކްއެލް "ޒަލްޒަލާ އެނބުރި އައުން" ހިމެނެ އެވެ.