ކޮންޓެއިނާ ޕާކުގައި ކެފޭ ހިންގާނެ ފަރާތެއް ހޯދަނީ

ކޮންޓެއިނާ ޕާކުގައި ކެފޭ ހިންގާނެ ފަރާތެއް ހޯދަނީ

އަރބަންކޯގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ކޮންޓެއިނަރ ޕާކުން ދެ ކޮމާޝަލް ސްޕޭސް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ކޮންޓެއިނަރ ޕާކުން ދޫކުރުމަށް ހަމަޖެހިފައިވަނީ އެތަނުގެ ގްރައުންޑް ފްލޯގައި ކެފޭ އަދި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށެވެ. އާބަންކޯއިން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ، މި ކެފޭ ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ.

ހުޅުމާލޭގައި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 1،188 އަކަފޫޓުގެ ކޮންޓެއިނާއެކެވެ. އަދި ކެފޭ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1165 އަކަފޫޓުގެ ކޮންޓެއިނާއެކެވެ. މި ދެތަން ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ 5 އަހަރުގެ މުއްދަކަށެވެ. އެގޮތުން ފުރަތަމަ އަހަރު 2 އެތަނުގެ ކުލީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކޮންމެ އަކަފޫޓަކަށް 15ރ ގެ ރޭޓުންނެވެ. އަދި ބާކީ 4 އަހަރު އަކަފޫޓަކަށް 25ރ ގެ ރޭޓުންނެވެ.

މިތަނުގައި ކެފޭ އާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000ރ ދައްކަން ޖެހޭނެއެވެ. އަދި ޕްރޮޕޯސަލް އޯޕަނިންގ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 13:00ން 14:00 އަށް އަރބަންކޯގެ އެގްޒިބިޝަން ސެންޓަރުގައިމަށްވެސް އާބަންކޯއިން ހާމަކޮށްފައި ވެއެވެ.

ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ 5 ތަނެއް ހިންގުމަށް މި އާބަންކޯއިން ވަނީ ނިންމާފައެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް 2 ކޯ ވޯކިންގ ސްޕޭސްއާއި ކޮލެބޮރޭޓިވް ރޫމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *