އޭދަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު ފަރުވާއަށް މާލެ ގެނެސްފި

އޭދަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު ފަރުވާއަށް މާލެ ގެނެސްފި

Author
މުޙައްމަދު ޝަޒައިމް
15 މެއި 2023 11:11
0

އޭދަފުށީގައި މިއަދު ހަވީރު 2 ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސްވެގެން، އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު ހަވީރު 17:11 ހާއިރު އޭދަފުށީގެ ބަނދަރު ސަރަހައްދުގައި ހިނގި މި އެކްސިޑެންޓުގައި ދެ ސައިކަލް ދުއްވި ދެ މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވަނީ 18 އަހަރުގެ ޒުވާނެއްކަމަށެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި، އަނިޔާވި 18 އަހަރުގެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބި، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ބެލެވެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އަނެއް މީހަކީ އުމުރުން 40 އަހަރުގެ މީހެއްކެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ ބ.އަތޮޅު ހޮސްޕިޓަލުގައެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.