"ފާސްޓް އެކްސް" ގައި ޕޯލް ވޯކާ ދަރިފުޅު

"ފާސްޓް އެކްސް" ގައި ޕޯލް ވޯކާ ދަރިފުޅު

Author
ފާތިމަތު ނާވީ
16 މެއި 2023 11:22
0

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ފިލްމް ތަކުގެ ލީޑުން ފެނިގެން ދިއަ އެކްޓަރު ޕޯލް ވޯކާގެ ދަރިފުޅު މެޑޯ ވޯކާ، "ފާސްޓް އެކްސް" އިން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

މި ފްރަންޗައިޒްގެ ފުރަތަމަ ހަ ފިލްމުގައި ވޯކާ ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ. އެއީ 2001 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ނެރުނު ފިލްމުތަކެވެ.

25 އަހަރުގެ މެޑޯ އަކީ މޮޑެލްއެކެވެ. އޭނާ ބައްޕަގެ "ފާސްޓް އެންޑް ފިއުރިއަސް" ގެ ފުރަތަމަ ފިލްމު 2001 ގައި ރިލީޒްކުރި އިރުގައި މެޑޯ ގެ އުމުރަކީ އެންމެ ހަ އަހަރެވެ.

މެޑޯ ރޯލެއް ކުޅުނު "ފާސްޓް އެކްސް" އިއްޔެ އިޓަލީގެ ރޯމްގައި ޕްރީމިއާކޮށްފައިވާ އިރު، އާންމުކޮށް ސިނަމާތަކުގައި ފިލްމު ދައްކަން ފަށާނީ މި މަހުގެ 19 އިން ފެށިގެންނެވެ.

މެޑޯ ވޯކާ އިންސްޓަގްރާމްގައި ވަނީ "ފާސްޓް އެކްސް" ގައި އޭނާ ކުޅޭ މަންޒަރުގެ ފޮޓޯއެއް ދައްކާލައިފަ އެވެ. އެ ފޮޓޯ ގައި އޭނާ ފެނިގެންދަނީ މަތިންދާ ބޯޓެއްގެ ތެރޭގައި ހުއްޓައިއެވެ.

 

ނޮވެމްބަރު 13، 2013 ގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ވޯކާ ވަނީ މަރުވެފައި އެވެ. އޭނާ އެންމެ ފަހުން ފެނުނު "ފާސްޓް އެންޑް ފިއުރިއަސް 6″ 2013 ވަނަ އަހަރު ނުކުތީ މަރުވި ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.