ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވެޒްނެގާގެ ހަޔާތް ދައްކުވައިދޭ ޑޮކިއުމަންޓަރީއެއް އަންނަ މަހު ނެޓްފްލިކްސް އަށް ގެންނަން ނިންމައި އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 7 ގައި ނެޓްފްލިކްސް އިން 3 ބަޔަކަށް ގެެނެސްދޭ މި ޑޮކިއުމެންޓް ޕްރިމިއާ ކުރާނެއެވެ. މި ޑޮކިއުމަންޓަރީގެ ނަމަކީ "އާނޯލްޑް" އެވެ.
މީގައި އޭނަގެ އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކަތަކާއި ފިލްމީ ކެރިއަރުގެ ވާހަކަތައް ވެސް ދައްކުވައި ދޭނެ އެވެ. ވަރުގަދަ ހަށިގަނޑަކާއި އެކުގައި ހޮލީވުޑްގެ ކެރިއަރު ފެށި އަނޯލްޑްއަކީ ކާމިޔާބު އެތަށް ފިލްމްއެއް ކުޅެފައިވާ ކުޅަދާނާ އެކްޓަރެކެވެ.
މި ޑޮކިއުމަންޓުގައި އޭނާގެ ފިލްމީ ކެރިއަރާއި އާންމު ދިރިއުޅުމާއި އަމިއްލަ ޒާތީ އެތަށް ކަމެއް ދައްކުވައިދޭނެވެ. އުމުރުން މިހާރު 75 އަހަރުގެ އާނޯލްޑަކީ އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކޮށްފައިވާ މީހެކެވެ. އެއީ 2003-2011 އަށެވެ.
ކޮމެންޓު ފޮނުވާ