ކޯވިޑް-19 : ހުޅުމާލޭ ފެސިލީޓީގައި ފަރުވާދެމުންދިޔަ 75 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 : ހުޅުމާލޭ ފެސިލީޓީގައި ފަރުވާދެމުންދިޔަ 75 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2020 09:13
0

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 75 އަހަރުގެ ފިރިހެނެކެވެ. މިމީހާ ނިޔާވެފައި ވަނީ، ރޭގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބެއެވެ. މިއާއި އެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށްޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 13000 އިން މައްޗަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރުވެސް އަންނަނީ 95 މީހަކަށް ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.