ޕަރިނީތީ ޗޯޕްރާގެ އެންގޭޖްމެންޓް ހަފްލާގައި ބައިވެރި ވުމަށް ދައްތަ ޕްރިޔަންކާ ޗޯޕްރާ މިއަދު އިންޑިއާއަށް ގޮސްފިއެވެ. މިއަދު ވަނީ ޕްރިޔަންކާ ދިއްލީ އެއާޕޯޓް އިން ނިކުންނަނިކޮން ފެނިގެން ގޮސްފައިއެވެ.
މި ހަފްލާގައި ބައިުވެރި ވުމަށް ޕްރިޔަންކާ އިންޑިއާ އަށް އައިސްފައިިވަނީ އެކަންޔެވެ. އޭނާގެ ފިރިމީހާ ލަވަކިއުންތެރިއާ ނިކްޖޯނަސް އަދި އޭނާގެ ދަރިފުޅު ވެސް މިދަތުރުގައި ބައިވެރިއެއް ނުވެއެވެ.
ނިކް އާއި ޕްރިޔަންކާ ކައިވެނި ކުރި ފަހުން އޭނާ ދިރިއުޅެމުން އަންނަނީ އެމެރިކާގެ ލޮސްއެންޖެލިސްގައިއެވެ. އަދި އޭނާ އަކީ މިހާރު ހޮލީވުޑްގައިވެސް މަޝްހޫރު ފަންނާނެކެވެ. އެމީހުން އެކުގައި މިދިއަ މަހުގައި ވަނީ އިންޑިއާއަށް ޒިޔާރަތެއް ކޮށްފައިއެވެ.
ޕްރިޔަންކާ އާއި ޕަރިނީތީ އަކީކީ ދެބޭންގެ ދެދަރިންނެވެ. ޕަރިނީތީގެ އެންގޭޖްމަންޓް ހަފުލާ މިއަދުގެ ވަގުތެއްގައި އޮންނާނީ ވެރިރަށް ނިއު ދިއްލީގަ އެވެ. މިކަމަށް މިހާރު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.
ޕަރިނީތީ އާއި ރާގަވް ކައިވެނި ކުރަން އުޅޭ ވާހަކަ މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ދެކެވެން ފެށި ފަހުން އެ ދެ މީހުން އެކީގައި ތަންތަނުން ފެނުން ވެސް ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ.
ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެއެއްގެ އިތުރުން އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެ އެވެ.