"މީ އިޝްގު" ގެ ޝޫޓިން ފަށައިފި

"މީ އިޝްގު" ގެ ޝޫޓިން ފަށައިފި

Author
ފާތިމަތު ނާވީ
09 މެއި 2023 05:30
0

ދިވެހި ފިލްމް އިނޑަސްޓްރީގައި ބެލުންތެރިންގެ މަގުބޫލު ކަން ހޯދައިފައިވާ ޑައިރެކްޓަރު ޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު"ގެ ޝޫޓިން ފަށައިފި އެވެ.

މިދިޔަ މާޗް މަހު ލޯންޗްކުރި މި ފިލްމަކީ އަސަރު ގަދަ ލޯބީގެ ވާހައަކަ އެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މާލެ އާއި މާފުށީގައި މައިގަނޑު މަންޒަރުތައް ނަގާ "މީ އިޝްގު" ގެ ޝޫޓިން ފެށި ނަމަވެސް އަދި އަޅުވާނެ ތާރީހެއް އިއުލާނެއް ނުކުރެއެވެ.

މި ފިލްމްގެ ލީޑުން ފެނިގެން ދާނީ  ދިވެހި ސިނަމާގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޝަރަފު އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް މަހު ޑިޖިޓަލްކޮށް ޕްރީމިއާކުރި ފިލްމު "ހިނދުކޮޅެއް" ފަހު، މި ޖޯޑު އެކީގައި ކުޅޭ ދެވަނަ ފިލްމެވެ.

އަނެއްކޮޅުން މި ފިލްމްގެ ޑައިރެކްތަރު ވަނީ މީގެ ކުރިން "މިރާއީ" އާއި "ދަރަކަ" ކިޔާ ވެބް ސީރީޒް އެއް ބެލުންތެރިންނަށް ގެނެސްދީފައިއެވެ. "މީ އިޝްގު" ޕްރޮޑިއުސަރަކީ ލީނާޒް ހުސައިނެވެ. ފިލްމުގެ މިޔުޒިކް ހަދަނީ ޝަހީދު ލެގަސީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.