ރާއްޖޭގެ ވިޔަފާރިތަކުން އެންމެ ފާހަގަކޮށްލެވޭ 100 ކުންފުނި ފާހަގަކޮށް ދެވޭ "ގޯލްޑް 100″ އެވޯޑް ހަފުލާ މި މަހުގެ 16 ގައި ބޭއްވުމަށް ނިންމައިފި އެވެ.
"ގޯލްޑް 100″ އެވޯޑަކީ 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
މި އަހަރުގެ އެވޯޑް ހަފުލާގެ ތައްޔާރީތައް މިހާރު ބާރަށް ކުރިއަށްދާ އިރު އެ ހަފުލާގައި "ގޯލްޑް 100″ މެގަޒިން އިފުތިތާހުކުރުމާއި އެންމެ ގަދަ 100 ކުންފުންޏަށް އެވޯޑް ދިނުން އޮންނާނެކަމަށް މަޢުލޫމާތުލިބިފައިވެ އެވެ.
ރާއްޖޭގެ އެކި ސިނާއަތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތައްކޮށް، ވިޔަފާރި މައިދާނުގައި ކާމިޔާބާއި ކުރިއެރުން ހޯދާފައިވާ އަދި މުޖުތަމައަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތަކަށް "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ވެސް މި ހަފުލާގައި ދެވޭނެ އެވެ.
"ގޯލްޑް 100″ އެވޯޑް ހަފުލާގައި ބައިވެރިވެވޭނީ އެ އިންތިޒާމުކުރާ ކޯޕަރޭޓް މޯލްޑިވްސް އިން ދައުވަތު ފޮނުވާ ފަރާތްތަކަށެވެ.
"ގޯލްޑް 100″ އަށް ހުށައަޅާ ކުންފުނިތަކުގެ ތެރެއިން 100 ކުންފުނި ހޮވަނީ މިނިވަން ކޮންސަލްޓަންސީ ފާމެއް މެދުވެރިކޮށެވެ.
ކޮމެންޓު ފޮނުވާ