ބޯގަންވިލާ ގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ބޯގަންވިލާ ގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

Author
ޢަލީ އާދަމް
07 މެއި 2023 12:02
0

މއ.ބޯގަންވިލާ ގޭގައި މިރޭ އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް ވިދާޅުވީ އަލިފާން ރޯވީ އެގޭ ދެވަނަ ފަންގިފިލާގައިކަމަށެވެ. އަލިފާން ރޯވުމާއެކު އެސަރަޙައްދަށް ވަނީ ބޯ ދުންފެތުރިފައެވެ. އެއާއެކު ސަރަޙައްދުގެ ބޮޑު ހިސާބެއްގެ މަގުތަކާއި ގޭގެއަށް ދުމުގެ އަސަރު ފޯރާފައިވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޯވި އަލިފާން މާ ގިނައިރުތަކެއް ނުވެ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލާފައިވާކަމަށެވެ. މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 23:29 ހާއިރުކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

ބޯގަންވިލާ ގެއަކީ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލުގެ ޢާއިލީ ގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.