ވިސްނާފަ އޮތީ ޗާގޮސްގެ ސިޔާދަތީ ބާރުގެ ވާހަކައިގަ ދޫދޭން: ނަޝީދު

ވިސްނާފަ އޮތީ ޗާގޮސްގެ ސިޔާދަތީ ބާރުގެ ވާހަކައިގަ ދޫދޭން: ނަޝީދު

Author
ހުސެއިން
03 މެއި 2023 09:11
0

ކުރިން ވިސްނާފަ އޮތީ ދެގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމަކުން ކަނޑުގެ ބޯޑަރު ކަނޑައެޅުމަށް ކަމަށާއި، އެ ހާލަތުގައި މޮރިޝަސްއިން އެގޮތަށް އެއްބަސްވުމުން، ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލާގައ ދޫދޭން ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިގެން ދިއުމާއި ގުޅިގެން، އިޓްލޮސްއިން ނިންމި ނިންމުމަށްފަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވެ ސިޔާސީ ޕާޓީތަކުންނާއި ކުރީގެ ވަޒީރުންތަކެއް ގުޅިގެން މިރެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. މުނައްވަރު ދެއްކެވި ވާހަކަފުޅަށް ޝުކުރު އަދާކޮށް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޮސްގެ ސިޔާދަތީ ބާރު ދޫ ނުކުރިނަމަ "އީކުއި ޑިސްޓެންސް"ގެ އުސޫލުން ކަނޑުގެ ފުށުއަރާ ސަރަހައްދު ބަހަން ނުޖެހޭނެ ކަމަށެވެ.

ނަޝީދު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައްޖޭގެ ވެރިކަމުގައި ހުންނެވިއިރު ވިސްނަވާފަ އޮތީ ދެގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމަކުން ކަނޑުގެ ސަރަހައްދު ކަނޑައެޅުން ކަމަށާއި، އެއީ ފުށުއަރާ ސަރަހައްދުގެ ވާހަކަ ނުގެނެސް، މޮރިޝަސްއިން ބޯޑަރު ކަނޑަައަޅަން އެއްބަސްވުމުން ސިޔާދަތީ ބާރުގެ މައްސަލާއިގަ ދޫދިނުމަށް ކަމުގައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިކުއި ޑިސްޓެންސްގެ އުސޫލުން ބެހުމުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ހިގައްޖެކަމަށް ނަޝީދުވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ވިދާޅުވަމުން ގެންދަވާފައިވަނީ ޗާގޮސްއަކީ ރާއްޖޭގެ ބައެއް ކަމުގައެވެ.

އެހެންނަމަވެސް ކަނޑުގެ މައްސަލާގައި ސިޔާސީ ޕާޓީތަކުންނާއި ކުރީގެ ވަޒީރުންތަކެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެފައިވަނީ  ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް އެންމެ ފުރަތަމަ ރާއްޖެއިން އެއްބަސްވެފައިވަނީ ނަޝީދުގެ ވެރިމަކަމުގައި، 2010ވަނަ އަހަރު ކަމުގައެވެ.

އާޒިމާ ޝަކޫރު ވިދާޅުވީ، މިމައްސަލާގައި ނަޝީދުގެ ވެރިކަމުގައި އޭރުގެ ފޮރިންގ މިނިސްޓަރު ޑރ. ޝަހީދު މޮރިޝަސްއާއި އެކީ ބޭއްވި ވާހަކަތަކުގައި، މޮރިޝަސްއައިން ޗާގޮސްއަށް ކުރާ ކްލެއިމް ރާއްޖެއިން ބަލައިގަންނަކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އާޒިމާ އިތުރަށް ވިދާޅވީ، އެހެނެންމަވެސް އޭނާ ފަހުން ބަންޑާރަ ނައިބަކަށް ވަޑައިގެން، 2012 އޮގަސްޓުމަހު ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް އެމައްސަލަ ހުށަހެޅިކަމަށާއި، އެގޮތަށް ޚާރިޖީ ވަޒީރަށް ވިދާޅެއް ނުވެވޭނެކަމަށް ވިދާޅުވެފައިވާނެކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.