"ލޯބިވެވިއްޖެ" މިރޭ ޕްރީމިއާ ކުރަނީ

"ލޯބިވެވިއްޖެ" މިރޭ ޕްރީމިއާ ކުރަނީ

Author
ފާތިމަތު ނާވީ
03 މެއި 2023 07:23
0

އެސް ޕްރޮޑަކްޝަންސް އާއި ސެޓަރން ސްޓޫޑިޔޯ ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމް "ލޯބިވެވިއްޖެ" މިރޭ އޮލިމްޕަސް ސިނަމާގައި ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމް ޕްރޮމޯޓް ކުރަމުން އަންނަތާ މިހާރު ވަނީ ގިން ދުވަސް ތަކެއް ވެފައިއެވެ. އަދި ފިލްމްގެ ޓިކެޓް ވިއްކަމުން އަންނަތާވެސް ދުވަސް ކޮޅެއް ވެއްޖެއެވެ. ވަރަށް ކުލަގަދަ ކޮން މިރޭ ފިލްމް ގެ ޕްރިމިއާ ބާއްވަން ނިންމައިފައިވާ ކަމަށް ހަބަރު ލިބެއެވެ.

މިރޭ އޮލިމްޕަހުގައި "ލޯބިވެވިއްޖެ" ޕްރީމިއާކުރުމަށް ފަހު، މާދަމާ ރެއިން ފެށިގެން ތިން އަތޮޅެއްގައިި ފިލްމު ދައްކަން ފަށާނެ އެވެ. އެއީ އައްޑޫގެ އިތުރުން ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ.

ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީންގ ފެށި ފިލްމެކެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާގައެވެ. 

ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން މަރިޔަމް ޢައްޒަ، އާމިނަތު ރިޝްފާ، އަޙުމަދު ޢީސަ (އާނަންދު)، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، ޢަބްދުﷲ ޝާފިޢު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހަރަކާތްތެރިވެފައިވެއެވެ. 

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސްކްރީން ރައިޓަރ ޒަރީރުއެވެ. އިބްރާހީމް މޫސާ (ދަބަ)ގެ ކެމެރާ ކުރުން ފިލްމު ފެނިގެން ދާއިރު ލޯބިވެވިއްޖެ ޑައިރެކްޓްކޮށްފައި ވަނީ ސީޒަންނެވެ. ލޯބިވެވިއްޖެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒްއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.