ޔާމީންގެ "އަތް ކަނޑަން" ބުނުމުން މައްސަލަ ބަލަން ގޮވާލައިފި

ޔާމީންގެ "އަތް ކަނޑަން" ބުނުމުން މައްސަލަ ބަލަން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
03 މެއި 2023 10:09
0

ކުރީގެ ރައީސް ޔާމީންގެ އަތް "ކަނޑަން" ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެ ކުރެއްވި ޓެކްސްޓް މެސެޖެއް ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ އެ މައްސަލަ ބަލަން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސް އެޕްގެ ރަސްމީ ގްރޫޕަށް މެންބަރު ޝިފާއު ފޮނުއްވި މެސެޖެއްގައި ވަނީ "ރައީސް ޔާމީންގެ އަތް ކަނޑައި، އިތުރު 100 އަހަރު ދުވަހަށް ޖަލަށް ލާން" ޖެހޭ ކަމަށެވެ.

މި ޓެކްސްޓް މެސެޖާ ގުޅިގެން ޕީޕީއެމް ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ "ޝިފާއު މިކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ގޮވާލި ގޮވާލުން ހަރުކަށިކޮށް ކުށްވެރިކޮށް، މައްސަލަ ތަހުގީގު ކުރުމަށް ގޮވާލަން،" ކަމަށެވެ.

ޝިފާއު ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލަކަށް ވާއިރު، މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގޮވާލަމެވެ.

– ބަޔާނުގައި އިތުރަށް ލިޔެފައިވެއެވެ.

ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ތަންފީޒުކުރައްވަމުންނެވެ.

އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އެ ސަރުކާރުގައި ވ. އާރަށް ކުއްޔަށް ދޫކުރުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އިއްވާފައިވާ ހުކުމެކެވެ. ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް އެބަ ހިނގައެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހީލާ
އިސްލާމް ދީނުގައި އޮތީ ވައްކަންކޮށްފިއްޔާ އަތް ކަޑާލަން އެހެންވީމާ ވައްކަން ކޮށް އެމީހާގެމއްޗައް އިސްލާމީޝަރިށްޔަތުން ސާބިތުވެއްޖިއްޔާ އެއޮތީ އަތްކެޑުން އެމީހާގެމައްޗަށް ވާޖިބުވެފާއޭ ދެންކޮށް ޓެރެޒިމެއްގެވާހަކަ ތިދައްކަނީ މާތްކަލާކޯ
ާ ާއަހުމަދު
އިސްލާމީ ސަރީއަތާ ޕީޕީއެމް ދެކޮޅު ވީތަ މިހާރު
ޒ ޒާހިރު
ތަންދުރުނުދައްނަގަމާރަކައްއިހަވަށްދޫދާއިރާގެމެއްބަރުވާހިދުތިމާއަށްކުރެފިފާހުރުކުއްތަކައްތިބާ ތައުބާވާންޖެހޭތިބާއަމިއްލައަށްވިސްނާލީމައެގޭނެ)ފުރަތަމަތިބާގެއުމުރުއްހަތްއަރުހުސުރެއްވެށިގެއްމިހާހިސާބައްތިބާކުރުރިނުބާ.ފާހިސުއަމަލުތަކާތިބާގެމައިންބަފައިއްނާދޭތެރޭއިހާނެތިކޮއްހިތުމާއިކާރިއަވެޢްޓެރިއްނައްކުރިދުއްތުރާޔައްތިބޭފުޅާއަށްއެކައްއިހުސާވޭބާއޭ)ތިބާގެއަމިއްލަނަފުސު ރަތްކާތެރިކުރުމައްފަހުތިބާއެހެއްމިހަކާދޭތެރޭފިއަވަޅުއަޅައްހިޔާލުކުރައްވީމިހާރުވެސްތިއަހުއްނެވީމަކަރުހަދާއޮޅުވާލާގެއްތިއަމަގާމައްއާދެވިފަމިހަގީގަތެއްކަންތިބާގެއަމިއްލަނަފުސުވެސްގަބޫލުކުރާނެވީމާ))ރައިސްޔާމީނުގެއަތައްވުރެއްތިބޭފުޅާގެއަތޕުޅުކެޑިއްޔާމާތާހިރުވާނެމިއަދުކަލޭއަށްބޭނުއްވާހަކައެއްދެއްކިދާނެ).މާތްﷲއިރާދަފުޅުއްމާލަސްތަކެއްނުވެތިއައުފާވެރިކަން)އަމިފާނުގެދަންމަރައްވެދާނެ))މާތް.ﷲއިރާދަފުނުޢްތިބާގެނިމުޢވަރައްހިތިވާނެދެއްވެސްއަވަހައްމާތﷲއަށްތައުބާވެ
ވ ވ
ަމާބޮޑައްވެސް ބަލައްޖެހޭނެ ތިކަންކުރަށް.މާބޮޑައް ލަސް.ވެސް.ވެއްޖެ