މިއަހަރުގެ ފިނިމޫސުމުގައި އައިޓިއޭ އެއާރވޭސް ރާއްޖެއަށް

މިއަހަރުގެ ފިނިމޫސުމުގައި އައިޓިއޭ އެއާރވޭސް ރާއްޖެއަށް

Author
އަޒްފާ ރަޝީދު
02 މެއި 2023 06:07
0

އިޓަލީގެ ޤައުމީ އެއަރލައިން، އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއަރވޭސް (އައިޓީއޭ އެއަރވޭސް) ގެ ދަތުރުތައް މިއަހަރު ރާއްޖެއަށް ފެށުމަށް އެ އެއާރލައިނުން ނިންމައިފިއެވެ.

މިއަހަރުގެ ޑިސެމްބަރ 16 އިން އަންނަ އަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި އެއާރލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް އޮންނާނީ އިޓަލީގެ ފިއުމިސީނޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އައިޓީއޭ އެއަރވޭސްއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފިނި މޫސުމުގައި އެ އެއަރލައިނުން ރާއްޖެއަށް ކުރި ދަތުރުތަކަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން މިއަހަރުވެސް ދަތުރުތައް ބޭއްވުމަށް ނިންމީކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ.

ފިނިމޫސުމާއި ދިމާކޮށް އިޓަލީއައި ރާއްޖެއާއި ދެމެދު ކުރާ މި ދަތުރުތައް ހަފްތާއަކު 2 ދުވަހު އޮންނާނެއެވެ. މި ދަތުރުތަކުގައި ޓިކެޓް ބުކް ކުރުމުގެ ފުރުޞަތުވެސް އެ އެއަރލައިނުން މިހާރު ވަނީ ހުޅުވާލާފައެވެ. އައިޓީއޭ އެއަރވޭސްއިން މިހާރުވެސް އަންނަނީ ދުނިޔޭގެ 12 ސަރަޙައްދަކަށް ދަތުރުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.