މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް، ޕަބްލިކް ސާވިސް މީޑިއާގެ މާފަންނުގައި ހުންނަ ރޭޑިއޯ ބިލްޑިންގްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ސާރވިސްއިން ބުނެފިއެވެ.
ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުނީ ކަރެކްޝަންސްގެ ހެޑް އޮފީސް މާފަންނުގައި ހުންނަ ޕަބްލިކް ސާވިސް މީޑިއާގެ އޮފީހަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެތަނަށް އެއްކޮށް ބަދަލުވާނެ ދުވަހެއް ކަރެކްޝަންސްއިން ހާމައެއް ނުކުރެއެވެ.
ކަރެކްޝަންސްގެ ހެޑް އޮފީސް ރޭޑިއޯ ބިލްޑިންއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ހިދުމަތް ހޯދާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ވެސް ކަރެކްޝަންސްއިން ބުނެއެވެ.
ރެކްޝަނަލް ސާވިސްގެ ހެޑް އޮފީސް ރޭޑިއޯ ބިލްޑިންގއަށް ބަދަލުކުރަން ނިންމެވީ، އެ އޮފީސް ހިންގި ޣާޒީ ބިލްޑިންގ ތަޅާލާ، އެތަނުގައި ޕާކިން ޒޯނެއް ޤާއިމްކުރުމަށް ޕްލޭނިން މިނިސްޓްރީން ނިންމުމުންނެވެ. ކަރެކްޝަންގެ ހެޑް އޮފީސް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ އިދާރާއިން ދެމުން ގެންދާ ޚިދުމަތަކަށް ބުރުއަރައި ކޮންމެވެސް ވަރެެއްގެ ލަސްވުމެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.
ޣާޒީ ބިލްޑިންގ ތަޅާލުމަށް ނިންމީ، އެ ޢިމާރާތް ބޭނުން ނުކުރެވޭ ވަރަށް ބައުވެ ހަލާކުވެފައިވާތީއެވެ. އަދި އެ ޢިމާރާތަކީ މިހާރު ބޭނުންކުރުމަށް އެކަށީގެންވާ އެންމެ ރައްކާތެރި ޢިމާރާތެއްނޫންކަމަށް ކަމަ ގުޅުންހުރި އިދާރާތަކުން ނިންމެވުމާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ