ރައީސް ޞާލީހްގެ ސަކާރުން މިވަނީ 58 އަހަރުވީ ދިގު މައްސަލައަކަށް ހައްލު ހޯދާފަ: މަހްލޫފު

ރައީސް ޞާލީހްގެ ސަކާރުން މިވަނީ 58 އަހަރުވީ ދިގު މައްސަލައަކަށް ހައްލު ހޯދާފަ: މަހްލޫފު

Author
އަޒްފާ ރަޝީދު
29 އޭޕްރިލް 2023 05:59
0

ރައީސް ސާލިހް‬⁩ މަޑުން ހުންނަވާފައި އަނެއްކާވެސް ރިއެކްޓްކުރައްވައިފިކަމަށާއި، ‏މީގެކުރިން އެއްވެސް ސަރުކާރަކަށް ހައްލު ނުހޯދިއޮތް 58 އަހަރަށް ދިގުލައިގެން ދިޔަ މައްސަލަ، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް އަދި ރައްޔިތުންނަށް މޮޅުވާގޮތަށް ކާމިޔާބުކުރައްވައިފިކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޓްލޮސްގެ މައްސަލައާއެކު ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހައްލު ހޯއްދެވީ 58 އަހަރުވީ ދިގު މައްސަލައަކަށް ކަމަށް ވިދާޅުވިއެވެ.

"ރައީސް މަޑުން ހުންނަވާފަ އަނެއްކާވެސް ރިއެކްޓްކުރައްވައިފި. މީގެކުރިން އެއްވެސް ސަރުކާރަކަށް ހައްލު ނުހޯދިއޮތް 58 އަހަރަށް ދިގުލައިގެން ދިޔަ މައްސަލަ، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް އަދި ރައްޔިތުންނަށް މޮޅުވާގޮތަށް ކާމިޔާބުކުރައްވައިފި. މަރުހަބާ ދިވެހި ރައްޔިތުން،މަރުހަބާ ރައީސް، މަރުހަބާ ޓީމް.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިޓްލޮސްގެ ނިންމުމާއެކު، ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަޅޭ
ހިލައިންޖެހިބެއަށް ވުމަކީ ތި ބުނާ ސާޅީސްއަށްއަހަރު ނުވިކަންތައް ކުރުން ކަމަށާ ކާމިޔާބު ކަމަށް ވާނަމަ ތިއޮތީ ތިބުނާ ކަންތައްތައް ފުރިހަމަ ވެފާ، ލޮލް ލަދެއް ނުގަނޭތަ؟
އ އާދަމް
ރައީސް އިބުރާހިމް މުޙައްމަދު ޞާލިހު މިވަނީ 48އަހަވަންދެން ދިވެހި ދައުލަތޫ ދިވެހިންގެ ސަރަހައްދުކަމަށް ދަޢުވާކުރި ދިވދެހި މަސްކަނޑުން ބައެއް އަމިއްލަފައިދާއަށް މޮރިސިސްއަށް ވިއްކާލާފަ