ތޮއްޑޫގައި ބަންގްލަދޭޝް މީހެއްގެ ކަރަށް ވަޅިހެރި އިންޑިއާ މީހާ ހައްޔަރުކޮށްފި

ތޮއްޑޫގައި ބަންގްލަދޭޝް މީހެއްގެ ކަރަށް ވަޅިހެރި އިންޑިއާ މީހާ ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2023 02:32
0

އއ.ތޮއްޑޫގައި ބަންގްލަދޭޝް މީހެއްގެ ކަރަށް ވަޅިހެރި އިންޑިއާ މީހާ ހައްޔަރުކޮށްފިއެވެ.

މިމަހުގެ 26 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި އެ މީހާއަށް ހަމަލާދީ ޒަހަމްކޮށްލިއިރު، މި ހަމަލާދީފައި ވަނީ އޭނާ ތޮއްޑޫ ރެސްޓޯރެންޓެއްގައި އިންދައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށު ގާޑިނީ ރެސްޓޯރެންޓް ތެރޭގައި ދެ ބިދޭސީންް މާރާމާރީ ހިންގި ކަމުގެ މައުލޫމާތު 26 ވަނަ ދުވަހުގެރޭ 7:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި މާރާމާރީގައި 26 އަހަރުގެ ބިދޭސީ މީހަކަށް އަނިޔާވެފައިވާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އޭނާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައި ވެއެވެ.

އޮފިޝަލް ވިދާޅުވީ، މި މާރާމާރީއާ ގުޅިގެން 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. އަދި އޭނާގެ ބަންދަށް އއ. ބޮޑުފުޅަދޫ ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.