ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ ބުޗާގޭ ދޮންމަނިކު ނިޔާވެއްޖެއެވެ. އޭނާއަކީ ރައީސް ޔާމިންގެ ދައުރުގައި ޔޫތު މިނިސްޓަރކަމާއި ހެލްތު މިނިސްޓަރުކަންވެސް ކުރައްވާފައިވާ އިރުތިޝާމް އާދަމްގެ ބައްޕާފުޅުވެސް މެއެވެ.
ބައްޕާފުޅު ނިޔާވުމާއި ގުޅިގެން އިރުތިޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ބައްޕާފުޅު ނިޔާވެފައިވަނީ ރޭގެ ދަންވަރު އޮސްޓްރޭލިއާގެ ބްރިޒްބަންގެ ގަޑިން ދަންވަރު 4:45 ގައި ކަމުގައެވެ.
ބުޗާގޭ ދޮންނަމަނިކަށްވަނީ ދައުލަތަށް މެދުނުކެނޑި 40 އަހަރުދުވަހު ޚިދުމަތް ކުރުމުން ދެނަވަ ޕެންޝަންވެސް ލިބިވަޑައިގެންފައެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އޭނާވަނީ ދައުލަތުގެ ގިނަ އިސް މަގާމްތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުވެރިކަންވެސް ހިމެނެއެވެ.
ބުޗާގޭ ދޮންމަނިކަށް 3 ކައިވެންޏަކުން 22 ކުދިން ލިބިފައިވެއެވެ. އަދި 24 ކާފަ ދަރިންނާއި 4 މުނިކާފަ ދަރިން ލިބިލައްވާފައި ވެއެވެ. އޭނާ ފާއިތުވި 8 އަހަރު ދިރިއުޅުއްވާފައިވަނީ އޮސްޓްރޭލިއާގައެވެ.
ކޮމެންޓު ފޮނުވާ