ޖޭޕީގެ ކެންޑިޑޭޓަކީ ރައީސް ޞާލިހަށް ތުރެޓެއްނޫން، ކިރިޔާވެސް ވާދަކޮށްލެވޭނީ ޕީޕީއެމްއަށް: ސައުދު

ޖޭޕީގެ ކެންޑިޑޭޓަކީ ރައީސް ޞާލިހަށް ތުރެޓެއްނޫން، ކިރިޔާވެސް ވާދަކޮށްލެވޭނީ ޕީޕީއެމްއަށް: ސައުދު

Author
ޢަލީ އާދަމް
23 އޭޕްރިލް 2023 02:06
0

ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަން ފިކުރެއްގެ ދިރުން ގުޅިގެން ނެރޭ ކެންޑިޑޭޓަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެއްވެސް "ތްރެޓެއް" ނޫންކަމަށާ، ރައީސް ޞާލިޙާ ކިރިޔާވެސް ވާދަކުރެވޭނީ އިދިކޮޅު ޕީޕީއެމްއަށްކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވައި ޖޭޕީން ވަކިވެ އެމްޑީޕީއާ ގުޅިފައިވާ މެމްބަރެކެވެ. ސައުދު އަންނަނީ ޖޭޕީއާއި ނަޝީދުގެ ފިކުރެއްގެ ދިރުމަށް ފާޑުވިދާޅުވެ ދޭތެރެދޭތެރެއިން ވަހަކަދައްކަވަމުންނެވެ.

ސައުދު ވިދާޅުވީ ރިޔާސީ އިންތިޚާބު 2023ގައި ރައީސް ޞާލިޙާ ވާދަކުރެވޭވަރުގެ ބަޔަކަށް އޮތީ ހަމައެކަނި ޕީޕީއެމް ކަމަށެވެ. ފިކުރެއްގެ ދިރުމާއި، ޖޭޕީ ގުޅިގެން ނެރޭ ކެންޑިޑޭޓަކީ ރައީސް ޞާލިހަށް އޮތް އެއްވެސްވަރެއްގެ ތްރެޓެއް ނޫންކަމަށެވެ. އެހެންކަމުން ފެންނަ މަންޒަރަކީ ރައީސް ޞާލިޙް ވަރަށް ފަސޭހަކަމާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާތަންކަމަށްވެސް ސައުދު ވިދާޅުވިއެވެ. ސަބަބަކީ "ޕީޕީއެމް އޮތީ ދެފެންދޭތެރޭގައި އޮޅިފައި"ކަމަށްވެސް ސައުދު ވިދާޅުވެފައިވެއެވެ.

ސައުދު ވިދާޅުވެފައިވަނީ ރައީސް ޞާލިޙް ވަނީ މި ވޭތުވެދިޔަ ދައުރުގައި ނަތީޖާ ނެރެދެއްވާފައިކަމަށެވެ. އެގޮތުން ކޯވިޑް-19ގެ އެންމެ ޚައްސާސް ދަނޑިވަޅުގައިވެސް ޤައުމުގެ ޙާލަތު މެނޭޖުކުރެއްވުމުގައި ރައީސް ޞާލިހްވަނީ ނަތީޖާ ނެރެދެއްވާފައިކަމަށާ، އެކަމަށް ދުނިޔޭގެ ޤައުމުތަކުގެ ތައުރީފް ލިބިފައިވާކަން ސައުދުވަނީ ކުރިން ފާހަގަކުރައްވާފައެވެ. އަދި ޤައުމުގެ ހަމަޖެހުމާއި ތަރައްޤިއަށްތަކައި އެންމެ ރައީސް ޞާލިޙަށް އިތުރު ދައުރެއް އެރުވަންޖެހޭކަމަށް ސައުދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.