ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު 9 މިލިއަން ރުފިޔާ، ފަޤީރުންނަށް ޖަމާކޮށްފި

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު 9 މިލިއަން ރުފިޔާ، ފަޤީރުންނަށް ޖަމާކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2023 12:07
0

1444ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބުނު ޖުމްލަ 9,003,324.05 (ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި) ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 175485 (އެއްލައްކަ ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ އައްޑިހަ ފަހެއް) މީހުން ކަމަށެވެ.

ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 (އަށްހާސް ހަތަރުސަތޭކަ ސާޅީސް ހައެއް) މީހުންގެ ތެރެއިން، މާލެ ސިޓީން1736 ( އެއްހާސް ހަތްސަތޭކަ ތިރީސް ހައެއް) މީހުންނަށް، ބޮލަކަށް 3450 ( ތިންހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން ވަނީ 20 އެޕްރިލް 2023ގައި އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު20 އެޕްރިލް 2023 (29 ރަމަޟާން 1444) ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 12989.3 ( ބާރަހާސް ނުވަސަތޭކަ އައްޑިހަ ނުވައެއް ޕޮއިންޓް ތިނެއް ) ކިލޯއެވެ.

ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް 20 އެޕްރިލް 2023ގެ ނިޔަލަށް ވަނީ ބަހާ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބައެއް މީހުން ނާޖާއިޒް ފައިދާ ނަގާތީ ދެރައީ
ތިވެސް ދޭ އިރު ބަލަނީ އެއްފުށުން ހަކުރު ބޯ ހަކުރު ވިއްކާ އެންމެން ތި ލިސްޓުގަ އޮވޭ އިދެގރންނާ ނުއިދެ އެކަހަލަ ބައެއް އަންހެނުން ކުދިންހޯދާ ތި ލާރިއާ އެކަނިވެރި މައިންގެ ނަމުގަ ލާރި ހޯދަންވެގެން ދެން އެއްކަލަ ގެންގުޅޭ ފިރިހެން މީހާއާ އެކީ އިބިލީހުގެ ފޮތުން ކައިވެނިކޮއްގެން އުޅެންވީ