އިންޓަ ސެމީއަށް، ވާދަކުރަން ޖެހެނީ އޭސީ މިލާނާއި

އިންޓަ ސެމީއަށް، ވާދަކުރަން ޖެހެނީ އޭސީ މިލާނާއި

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިޓަލީގެ މިލާނަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ އޭސީ މިލާނާއި އިންޓަ މިލާން ބައްދަލުކުރަން ޖެހިއްޖެއެވެ.

މިމުބާރާތުގެ ސެމީފައިނަލުން އިންޓަރ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ބެންފީކާ އާއި ބައްދަލުކުށް 5 ލަނޑު 3 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެެވެ.

ބެންފީކާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު ސުންލަނޑުން އިންޓަރ ކާމިޔާބުކުރިއިރު، ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގް އިންޓަރގެ ދަނޑުގައި ކުޅެ ނިމުނީ 3 ލަނޑު 3 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

މި މެޗުގައި ދެޓީމްގެ ފަރާތުންވެސް ވަނީ ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް މެޗްގެ ބޮޑުބައި ކޮންޓްރޯލްކޮށް ގިނަ ހަމަލާ މިމެޗްގައި އުފެއްދީ ބެންފީކާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި އިންޓައަށް ކާމިޔާބުކޮށްދިނީ ނިކޮލާ ބަރެއްލާއެވެ. ނަމަވެސް ސެމީފައިނަލަށް ދިއުމަށް މަސައްކަތް ކުރަމުންދިޔަ ބެންފީކާއިންވަނީ މެޗްގެ 38 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރެޑްރިކް އައުސްނެސްއެވެ.

މިމެޗްގައި އިންޓަރއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 65 ވަނަ މިނެޓްގައި ލައުޓާރޯ މާޓިނޭޒް ޖަހާދިން ލަނޑުންނެވެ. އަދި މެޗްގެ 78 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ހޯކުއިން ކޮރެއާ ޖަހާދިން ލަނޑާއެކު މިމެޗް އިންޓައިން ކާމިޔާބުކޮރާނެކަމަށް ބެލެވިގެންދިޔައެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރު އެލުވާނުލާ ކުޅެމުންދިޔަ ބެންފީކާއިން ވަނީ 86 ވަނަ މިނެޓްގައި އެންޓޯނިއޯ ސިލްވަރ ޖަހާދިން ލަނޑާއެކު ތަފާތު ކުޑަކޮށްފައެވެ. އަދި އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޕީޓަރ މޫސާ ޖަހާދިން ލަނޑާއެކު ބެންފީކާއިން މިމެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ.

ދެމެޗްގެ އެގްރިގޭޓަށް ބަލާއިރު އިންޓަރއިން ކުރިލިބުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މިމުބާރާތުގެ ސެމީފައިނަލުން އިންޓަރ ޖާގަހޯދުމެވެ. ސެމީފައިނަލްގައި އިންޓަރ ވާދަކުރާނީ ދުވަސްވީ ވާދަވެރިން ކަމަށްވާ އޭސީ މިލާނާއެވެ. މިއީ 2005 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި މިދެޓީމް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *