2019 ވަނަ އަހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދި އިޔާ 2″ އިން ބޮލީވުޑް އަށް ތައާރަފްވި ޒުވާން ބަތަލާ ތާރާ ސުތާރިއާ އަަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ތާރާ އަކީ ދޭތެރެ ދޭތެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ތަރިއެކެވެ. 27 އަހަރުގެ ބަތަލާ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެ ދެ ފަހަރު އައީ ލޯބިވެރިޔާ އަދި އެކްޓަރު އާދާރު ޖެއިންއާ އެކީގަ އެވެ. ނަމަވެސް އެމީހުން ރުޅިވި ކަމުގެ ހަބަރަށް ފަހު މީ އޭނާ ރާއްޖެ އަށްއައި ފުރަތަމަ ފަހަރެވެ.
ތާރާ ޖުއްޓީ ހޭދަކުރަމުން އަންނަނީ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސްގަ އެވެ. މިދަތުރުގައި އޭނާ އާއި އެކުގައި އޭނާގެ އެއްމާބަނޑު ޕިއާ ސިތާރިއާ އާއި ގާތް ރަހުމަތްތރިން ބައިވެރި ވެފައިވެއެވެ. ތާރާ ވަނީ ސޯޝަލް މީޑީއާގައި މި ދަތުރުގެ ފޮޓޯތަށް ހިއްސާ ކޮށްފައިއެވެ.
ތާރާ އެންމެ ފަހުން ފެނިގެން ދިއައީ މިދިއަ އަހަރުގެ ފިލްމް "އޭކް ވިލަން ރިޓާންސް" އިންނެވެ. އޭނާ މިވަގުތު ކުރަމުންދަނީ "އަޕުރްވާ" ކިޔާ ފިލްމް އެއްގެ މަސައްކަތެވެ.