އޯޓްސް އަކީ ޑައިޓް ކުރާ ބޭފުޅުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އޯޓްސް ތަފާތު ގޮތް ގޮތަށް ތައްޔާރު ކުރެވިދާނެއެވެ. އެގޮތުން ކުޅި ކޮށް އަދި ފޮނިކޮށް ވެސް ތައްޔާރު ކުރެވިދާނެއެވެ.
މިއަދު އޯޓްސް އޮމްލެޓެއް ރޯދަ ވީއްލާ ގަޑީގައި އަޅާލުމަށް ކިހިނެއް ވާނެ ހެއްޔެވެ. މީ އަނގަޔަށްވެސް މީރު އެއްޗަކަށް ވާނެއެވެ. އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ފަދަ އެއްޗަކަށްވެސް ވާނެއެވެ.
ބޭނުން ވާނެ ތަކެތި:
1/2 ޖޯޑު އޯޓް
3 ބިސް
1/2 ޖޯޑު ރެޑް ބެލްޕެޕާ އާއި ކެޕްސިކަމް (ޗޮޕް ކޮށްފައި)
1 ފިޔާ (ޗޮޕް ކޮށްފައި)
1 ޓޮމާޓޯ (ޗޮޕް ކޮށްފައި)
2 ތޮޅި މިރުސް (ޗޮޕް ކޮށްފައި)
1 މޭޒުމަތީ ސަމުސާ ތެޔޮ
އަސޭމިރުސް އަދި ލޮނު ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތައްޓަކަށް ބިސްކޮޅު އެޅުމަށްފަހު ލޮނު އަދި އަސޭމިރުސް ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ފިޔާ ، ކެޕްސިކަމް އަދި ޕެޕާ އާއި މިރުސް ކޮޅު އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް އެއްވުމުން އޯޓް ކޮޅު އަޅައި ލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
ތަވާ އުދުން މައްޗަށް އުދާާށެވެ. އަދި ތެޔޮ ކޮޅު އަޅައި ހޫނު ވުމުން ތައްޔާރު ކުރި ބައި އަޅައި ރަނގަޅަށް ދެފުއް ފިހެލާށެވެ. އޭރުން އޯޓް އޮމްލެޓް ތައްޔާރު ވީއެވެ.